ޑޯޓްމަންޑްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
22 May 2023 | 07:27
ބަޔާން ބަލިވުމުގެ ފައިދާ ނަގައި ޑޯޓްމަންޑް އިން އެއްވަނައަށް!

ޖަރުމަނު ބުންޑަސްލީގާގައި މިރޭ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން އޮގްސްބާގް ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

މިރޭގެ މެޗަށް ބޮރޫޝިއާ ޑޯޓްމަންޑް ނުކުތްއިރު، ލީގުގައި ބަޔާން މިއުނިކް އެންމެ ފަހުން ކުޅުނު މެޗުގައި އާރްބީ ލައިޕްޒިގް އަތުން ބަލިވެފައި އޮތުމުން މިރޭގެ މެޗު ކާމިޔާބުކޮށް ލީގުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އެޓީމަށް އޮތީ ހުޅުވިފައެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ޑޯޓްމަންޑްގެ ސެބެސްޓިއަން ހޯލަރ އަދި ޖޫލިއަން ބްރޭންޑްޓް މެޗުގެ ލީޑު ހޯދުމަށް ރަގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވުނުއިރު، މިހާފުގައި އޮގްސްބާގް އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އެޓީމުގެ ޖަރުމަނު ޑިފެންޑަރު ފެލިކްސް އުދުއޯޚައި ޑޯޓްމަންޑްގެ ކުޅުންތެރިޔަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

ދެވަަނަ ހާފު ފެށިގެން 59 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ލީޑު ހޯދައިދިނީ އެޓީމުގެ އައިވަރީ ކޯސްޓުގެ ފޯވާޑް ސެބެސްޓިއަން ހޯލަރ އެވެ. އަދި މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ހޯލަރ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކޮށްދިން ފަސްވަނަ ލަނޑެވެ. އަދި މިސީޒަނުގައި ލީގުގައި ކުޅުނު 18 މެޗުގައި އޭނާ ކާމިޔާބުކޮށްދިން 9 ވަނަ ލަނޑެވެ.

ޑޯޓްމަންޑް އިން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަނު މިޑްފީލްޑަރު ޖޫލިއަން ބްރޭންޑްޓް އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ލީގުގައި ކުޅުނު 33 މެޗުން ބޮރޫޝިއާ ޑޯޓްމަންޑަށް 70 ޕޮއިންޓް ލިބިފައިވާއިރު، 33 މެޗު ކުޅެގެން ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ލިބިފައިވަނީ 68 ޕޮއިންޓެވެ. އަދި މިއީ 2011/12 ވަނަ ސީޒަނަށް ފަހު ލީގުގެ ފަހު މެޗަށް ދާއިރު ތާވަލުގެ އެއްވަނަ މަގާމު ޑޯޓްމަންޑަށް ލިބުނު ފުރަތަމަ ފަހަރެވެ.

ލީގު ފަހު މެޗުގައި މި މަހުގެ 27 ވަނަ ދުވަހު މެއިންޒް އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ޑޯޓްމަންޑަށް ލިބިފައި އޮތްއިރު، ލީގު ފަހު މެޗުގައި އެސް ކޯން އަތުން ބަޔާނަށް މޮޅެއް ނުހޯދިއްޖެ ނަމަވެސް 2012 ވަނަ އަހަރަށް ފަހު ފުރަތަަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ބޮރޫޝިއާ ޑޯޓްމަންޑަށް ލިބިގެންދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.