ވެލެންސިއާ އާއި ދެކޮޅަށް ކުޅެން ނިކުތް ރެއާލް މެޑްރިޑްގެ ފުރަތަަމަ އެގާރަ
ކުޅިވަރު
22 May 2023 | 07:33
ވެލެންސިއާ އަތުން ބަލިވެ، ރެއާލް މެޑްރިޑަށް ލީގުގެ ދެވަނަ މަގާމުވެސް ގެއްލިއްޖެ!

ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ވެލެންސިއާ އަތުން ރެއާލް މެޑްރިޑް ބަލިވެ ލީގުގެ ދެވަނަ މަގާމް އެޓީމަށް ގެއްލިއްޖެއެވެ.

ޗެންޕިއަންސް ލީގުގެ ސެމީފައިނަލްގައި މެންޗެސްޓާ ސިޓީ އަތުން 5-1 ގެ އެގްރިގޭޓު ނަތީޖާއަކުން ބަލިވެ، މުބާރާތުން ކެޓުމުގެ ހިތާމައިގައި ވަނިކޮށް ރޭގެ މެޗުގައި ވެލެންސިއާ އިން ވަނީ 2020 ވަނަ އަހަރުގެ ފަހުން ފުރަތަަމަ ފަހަރަށް ރެއާލް މެޑްރިޑް ބަލިކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ރެއާލް މެޑްރިޑުން ގިނަވަގު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ރަގަޅު އެޓޭކްތައް ފެނިގެންދިޔައީ ވެލެންސިއާގެ ފަރާތުން ނެވެ. މި ގޮތުން ފުރަތަަމަ ހާފުގައި އެޓީމުން ރެއާލްގެ ގޯލާއި އަމާޒުކޮށް ފަސް ހަމަލާއެއް ފޮނުވާލިއިރު، މިހާފުގައި ވެލެންސިއާގެ ގޯލަށް އަމާޒުކޮށް ރެއާލްއަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަަމަ ހާފުގެ 33 ވަރަށް މިނެޓުގައި ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ޑިއެގޯ ލޮޕޭޒް އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން އެޓީމުގެ ކުޅުން ރަނގަޅުކޮށް ފުލުފުލުގައި ގިނަ ހަމަލާތަކެއް ވެލެންސިއާގެ ގޯލަށް ފޮނުވާލިއެވެ. އޭގެ ތެރޭގައި އެޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރިގޯ ގެ އިތުރުން ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އާއި މިޑްފީލްޑަރު ވަލްވެޑޭ އަށް ލިބުނު ހުސް ފުރުސަތުގައި ބޭނުން ނުކުރެވުނު އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލްގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ވެލެންސިއާގެ ކުޅުންތެރިއަކަށް ކުޅުމުން ބޭރުގައި ހަމަލާދިނުމުގެ ސަބަބުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު، މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު، 35 މެޗުން 40 ޕޮއިންޓް ހަމަކޮށް ވެލެންސިއާ އިން ވަނީ ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލާފައެވެ. އަދި މި މެޗުން ބަލިވި ރެއާލް މެޑްރިޑަށް 35 މެޗު ކުޅެގެން ލިބުނު 71 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 35 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު މި ދެޓީމަށް ވެސް ވަނީ އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.