އެމްބާޕޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
22 May 2023 | 09:07
ރަށުން ބޭރުގައި އޮކްސްރޭ އަތުން ޕީއެސްޖީއަށް އުދަގޫ މޮޅެއް!

ފްރާންސް ލީގުގައި ރޭ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން އޮކްސްރޭ ބަލިކޮށް ލީގު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީން ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭގެ މެޗުގެ ފުރަތަަމަ ހާފުގެ ވަރަށް ކުރީކޮޅު ޕީއެސްޖީ އިން ދެލަނޑުގެ ލީޑެއް ނަގާފައިވާއިރު، އެޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން އެމްބާޕޭ އެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ ހަ ވަނަ މިނެޓުގައި އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު ފަބިއަން ރުއިޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ކާމިޔާބުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު އޭނާ ކާމިޔާބުކުރީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މި މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ދެ ލަނޑާއެކު މިސީޒަނުގައި ލީގުގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 28 އަށް އަރާފައެވެ. އަދި މި މެޗުގައި މެސީގެ ފަރާތުން ފެނިގެންދިޔަ އެސިސްޓަކީ މިސީޒަނުގައި ޕީއެސްޖީއަށް ކުޅެދިން 38 މެޗުގައި މެސީގެ 20 ވަނަ އެސިސްޓެވެ.

މިސީޒަނުގައި ލީގު ކުޅުނު 30 މެޗުގައި މެސީގެ ފަރާތުން 16 އެސިސްޓް ފެނިގެން ގޮސްފައިވާއިރު، ލީގުގައި މެސީ ވަނީ 15 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އުމުރުން 35 އަހަރުގެ މެސީ ވަނީ މިސީޒަނުގައި ޕީއެސްޖީއަށް ކުޅެދިން 38 މެޗުގައި 20 އެސިސްޓުގެ އިތުރުން އެޓީމަށް 20 ލަނޑު ކާމިޔާބު ކޮށްދިފަ އެވެ.

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި އޮކްސްރޭގެ ތަން ފޮނުވާލި ހަމަލާ ޕީއެސްޖީގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މާލީ ފޯވާޑް ލަސިން ސިނާޔޮކޯ އެވެ. މިއީ އެޓީމުގެ ނޫނޯ ޑާ ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ރޭގެ މެޗުގެ ދެވަަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެމްބާޕޭ ލަނޑެއް ކާމިޔާބުކޮށް ހެޓްރިކް ހެދި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ލީގުގައި ކުޅުނު 36 މެޗުން ޕީއެސްޖީއަށް 84 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލެންސް އަށް 36 މެޗު ކުޅެގެން ލިބިފައިވަނީ 78 ޕޮއިންޓެވެ. އަދި ބާކީ އޮތް ދެ މެޗުން ޕީއެސްޖީ ބަލިވި ނަމަވެސް އެޓީމަށް ލީގު ގެއްލުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ސަބަބަކީ ބާކީ އޮތް ދެ މެޗުން ލެންސް މޮޅުވި ނަމަވެސް އެޓީމަށް ގިނަވެގެން ހޯދޭނީ 84 ޕޮއިންޓެވެ. އަދި މިވަގުތު ޕީއެސްޖީއަށް ފައިދާ 50 ގޯލު އޮތްއިރު، ލެންސް އަށް އޮތީ ފައިދާ 34 ގޯލެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.