ޕްލޭނިން މިނިސްޓަރު އަސްލަމް/ ފޮޓޯ: މަޖިލިސް
ހަބަރު
23 May 2023 | 10:39
މާލޭ ރައްޔިތުންނަށް ގޯތި ދޫކުރާނީ ޖޫން މަހު، ތާރީޚު ބަދަލެއް ނުވޭ: އަސްލަމް

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ސަރުކާރުން އިއުލާނުކޮށްފައިވާ ގޯތި ދޫކުރަން ފަށާނީ ޖޫން މަހުގައިކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހަށް ޕްލޭނިން މިނިސްޓަރު މިއަދު ހާޒިރުކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވަނީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަޝްރޫއު އޮތް ހިސާބެއް ސާފުކޮށްދެއްވުމަށް މިނިސްޓަރު އަރިހުން އެދިވަޑައިގަންނަވާފަ އެވެ. 

ގޯތި ލިބޭނެ މީހުންގެ ނަންތައް މޭމަހު އާންމު ކުރާނެ ކަމަށާއި، އަދި ޖޫން މަހު ގޯތިތައް ދޫކުރާނެކަމަށް މިނިސްޓަރު އަސްލަމް މީގެ ކުރިންވެސް ވިދާޅުވެފައިވާއިރު، މޭމަސްވެން ނިމެން ކައިރިވެފައިވާއިރު، އެ މަސައްކަތް އޮތީ ކިހާ ހިސާބަކުކަން ސާފުކޮށްދެއްވުމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. 

އާޒިމްގެ އެ ސުވާލާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ތާރީހަށް އަދި ބަދަލެއް ނާންނަކަމަށެވެ. 

އެގޮތުން ކުރިންވެސް އޮތް ގޮތަށް ޖޫން މަހުގައި ގޯތި ދޫކުރަން ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރާނެ ދުވަހެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ. 

"އަޅުގަނޑު މީގެކުރިން ވެސް ދެންނެވިން ޖޫން މަހުގައޭ އެކަން ކުރާނީ، އެހެންވީމަ ޖޫން މަސް އެ ތާރީހަކީ، އިތުރުު ތާރީހެއް އަދި ނެތް" 

ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް 

މިނިސްޓަރުގެ އެ ޖަވާބާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެކަމާއި ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރެއްވުމަށް އެދިވަޑައިގެންފައެވެ. 

އެހެން ނަމަވެސް މިނިސްޓަރު އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. ވިދާޅުވީ ޖޫން މަހު ގޯތި ދޫކުރާނެކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ވާހަކަދައްކަވަމުން ވެސް މިނިސްޓަރު އަސްލަމް ވަނީ މާލޭގެ ރަށްވެހިންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ނިމުމެއް ގެނެސްދީ އެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

މާލޭ ސިޓީގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ހިންގާ ސްކީމްގެ ދަށުން، މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ އަދަދު އިތުރު ކުރުމަށް ނިންމާފައިވާކަން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްވަނީ ހާމަކުރައްވާފައެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙް ވާހަކަފުޅުދައްކަވާފައިވާއިރު، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި 15،000 އަށްވުރެ ގިނަ ފޯމުވަނީ ހުށައަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.