ޕްލޭނިން މިނިސްޓަރު އަސްލަމް ރައީސް ޞާލިހު އަރިހުގައި/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 May 2023 | 11:09
ބަންޑަރަ ގޯތި ދޫކުރާ ސިޔާސަތު މިނިސްޓަރު އަސްލަމަށް ކަމަކު ނުދޭ!

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ބަންޑާރަ ގޯތި ދޫކުރުމުގެ ސިޔާސަތާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ ޚިޔާލު ތަފާތުކަން އެމަނިކުފާނު މަޖިލީހުގައި ހާމަކުރައްވައިފި އެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވަނީ ބްނޑާރަ ގޯތި ދޭ އުސޫލަކީ ރަނގަޅު އުސޫލެއް ނޫންކަމަށް މީގެކުރިން ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވެފައިވާއިރު، މި ސަރުކާރުން ގޯތި ދޫކުރުމުގެ މަޝްރޫއެއް އިއުލާނުކޮށް އަދި ބިން ހިންކައިގެން ވެސް ގޯތި ދޫކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެކަމާއި މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އައްސަވާ ސުވާލުކުރައްވާފަ އެވެ. 

"މީގެ ކުރިން މިނިސްޓަރު ވިދާޅުވި ބަންޑާރަ ގޯތި ދޫކުރާ އުސޫލަކީ ދުނިޔޭގެ ކަން ހިނގާ ގޮތެއް ނޫނޭ، ރާއްޖޭގައި ވެސް އެގޮތަށް ކަންކުރާކަށް މިނިސްޓަރު ޤަބޫލުފުޅެއް ނޫނޭ. އެކަމަކު މިހާރު ފެންނަނީ ފަޅު ހިއްކައިގެން ވިޔަސް ހިލޭ ގޯތި ދެވޭނެ ވާހަކަ.. ބަންޑާރަ ގޯތި ދެވޭނެ ވާހަކަ"

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު 

ތާރިގުގެ އެ ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުމަކީ ރަނގަޅު އުސޫލެއްކަމަށް އަަދިވެސް އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާކަމަށެވެ. 

އެހެން ނަމަވެސް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަކީ ބޯދާ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ އުސޫލެއް ކަމަށާއި، އެންމެ މީހެއްގެ ވިސްނުމަށް އެ އުސޫލު ބަދަލުކުރެވޭނެކަމަށް ދެކިވަޑައިނުގަންނަވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގޯތި ދޫކުރުމާއި ގުޅޭގޮތުން މިހާރަށްވުރެ ފުޅާކޮށް މަޝްވަރާކުރެވި، އެންމެންނަށް ގަބޫލުކުރެވޭ ކަމަކަށް ވެގެން ނޫނީ އެ އުސޫލު ބަދަލު ނުކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އަޅުގަނޑު ތަކުރާރުކޮށް ދަންނަވާނަން، މީ އަޅުގަނޑުމެން ވިސްނާފަކުރަން، އެއީ ސަސްޓެއިނަބަލް ގޮތުގައި ކުރެވޭނެކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ ދުރުމުސްތަގުބަލަށް ބަލާއިރު، އެހެންވީމަ އަބަދަކު އެހެން ބަންޑާރައިން ގޯއްޗެއް ނުވެސް ދެވޭނެ، ކިހެނެއްތޯ އަޅުގަނޑުމެން އެކަން ބަދަލުކުރާނީ؟ އެއީ ދައްކަން ޖެހޭ ވާހަކައެއްކަމަށް މިއަދުވެސް އަޅުގަނޑު ޤަބޫލުކުރަނީ" 

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް 

ބޯހިޔާވަހިކަމަށް ގޯތި ދޫކުރުމުގެ ސިޔާސަތާއި މިނިސްޓަރުގެ ޚިޔާލު ތަފާތުކަން އެމަނިކުފާނު ހާމަކުރައްވާފައިވާއިރު، މާލޭގެ ރަށްވެހިންނަށް ދޫކުރާ ގޯތީގެ އަދަދުތައްވެސް ސަރުކާރުން ވަނީ އިތުރުކޮށްފަ އެވެ. 

އަދި ހުޅުމާލެ ތަރައްގީކުރުމަށް ކުރީ ސަރުކާރުން އެކުލަވާލާފައިވާ މާސްޓަ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކައިގެން ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

މިނިސްޓަރުގެ ވާހަކަތަކަށް ބަލާއިރު، ސަރުކާރުން މިގޮތަށް ނިންމާފައިވަނީ އެކަށީގެންވާ މަޝްވަރާތަކެއް ނުކޮށްކަމަށް ބެލެވެއެވެ.

އެއީ މިނިސްޓަރުގެ ވާހަކައިގައި ވެސް ވަނީ ގޯތި ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާތަށް ކުރެވެން ޖެހޭ ކަމަށާއި، އެ ނޫން ގޮތަކަށް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލު ކުރެވޭނެ ގޮތްތަށް ހޯދާ ބަލަން ޖެހޭކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ޒއ
އަތޮޅުތެރޭގަ ހުރި ބިންތަކާއި، ހުޅުމާލެ، ރައްޔިތުންގެ ފައިސާއިން ހިއްކި ބިމުން ބަންޑާރަ ގޯތިދޭއިރު ތަފާތު ތަކެއް ހުންނަންޖެހޭނެތަ؟
23 May 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.