މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ހަބަރު
23 May 2023 | 19:04
ގިނަ ދައުލަތް ހިމެނޭ ޤައުމަކަށް ބަދަލުކުރުމުން ޤައުމު ރޫޅިދާނެ; ޝަރީފް

ގިނަ ދައުލަތް ހިމެނޭ ޤައުމަކަށް ބަދަލުކުރުމުން ޤައުމު ރޫޅިދާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޝަރީފް ވިދާޅުވީ ރާއްޖެ ފަދަ މީސްކޮޅު މަދު ރިސޯސަސް އެކި ސަރަހައްދުގައި ތަފާތު ތަރައްޤީ ވަމުން އަންނަ ކުޑަ ޤައުމެެއް އެތައް ދައުލަތެއް އެކުލެވޭ ޤައުމަކަށް ބަދަލުކުރަން އުޅެގެންފިނަމަ ސިޔާސީ އަރާރުން ބޮޑުވެ ޤައުމު ރޫޅިދާނެ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ދުނިޔޭގަ ހުރީ ޚާއްސަ ހާލަތު ހުރި ވަރަށް މަދު ފެޑަރަލް ނިޒާމް އޮންނަ ޤައުމުތަކެއް ކަމަށެވެ. އަދި ރާއްޖޭގައި އެފަދަ ހާކަތެއް ނެތް ކަމަށް  ޝަރީފް ވިދާޅުވިއެވެ.

"ޤައުމު އެކުވެރިކޮށް ބަދަހި ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ޤައުމު ރޫޅާލައި ކުދި ކުދި ކުރަން ބައެއް ސިޔާސީ މީހުން މަސައްކަތަ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގައި މިހާރު ވެރިކަން ކުރަމުން އަންނަ ރިޔާސީ ނިޒާމް ބަދަލު ކުރަން ގިނަ ދިވެހިން ބޭނުންވާ ކަމަށާ، ރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ، ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ނަޝީދު ހއ.ދިއްދޫގައި ބޭއްވި ތިލައުތުރު އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގެ އެންމެ މުހިންމު އެއް ވާހަކައަކީ ލާމަރުކަޒީ ވާހަކަ ކަމަށެވެ.

އަދި ފެޑަރަލް ދިވެހިރާއްޖެއަކަށް ދިވެހިރާއްޖެ އަލިވިލެން ވެއްޖެކަން އެމަނިކުފާނުގެ ހިތުގެ އަޑިން ގަބޫލު ކުރައްވާ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރުވެސް މުޅި ރާއްޖެ ރައީސުލްޖުމްހޫރިއްޔާ އަތުގައި އޮތުމުން އެ ލިބޭ ބާރު ދޫކޮށްލަން އުނދަގޫވެވަޑައިގެންނެވިކަމަށެވެ.

މިފަދައެތައް ސަބަބުތަކަށްޓަކައި ދިވެހި ރައްޔިތުން މިއަދު ފެޑެރަލް ނިޒާމަކަށް ބަދަލުވާާންޖެހޭ ކަމަށާ އެގޮތަށް ނުވިސްނައިފިނަމަ، ވަރަށް ހިތާމަވެރި މަންޒަރެއް ފެނިގެން ހިނގައިދާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އަލީ
ވެރިކަމާހެދި ހޭބަލި ވަނީ...މަށަށް ކޮންމެވެސް ދައުލަތެއްގެ ވެރިކަން ދޭންވާނެ.
23 May 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.