ޕަޓީނާ އާއި ވަރު ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
23 May 2023 | 19:36
ރިސޯޓް ލީގު 2023: ދެވަަނަ މެޗުން ވެސް މޮޅުވެ ޕަޓީނާ އިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯނުގައި މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ގުރޫޕް "އޭ" ގައި 5-7 ގެ ނަތީޖާއަކުން ވަރު ބަލިކޮށް ޕަޓީނާ އިން ކުޅުނު ދެވަަނަ މެޗުވެސް ކާމިޔާބުކޮށްފި އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޕަޓީނާ އިންނެވެ. މި ލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް ނާއިޝް އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ އިބްރާހިމް ވަޖީހު ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. 

ޕަޓީނާ އިން ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށް ވަރު ޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. މި ގޮތުން އެޓީމުގެ ފުރަތަމަ ލަނޑު 09 ވަނަ މިނެޓުގައި އަހުމަދު ޒަމީމް ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން އެޓީމުގެ އަހުމަދު ފިރުޝާން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޕަޓީނާއަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދައިދިނީ 13 ވަނަ މިނެޓުގައި މުހައްމަދު ހާޒިމް ރިފްއަތު އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ އިބްރާހިމް ރައްޒާން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަރުގެ އަހުމަދު ޒަމީމް ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު އެޓީމަށް ކުޑަކޮށްދިނެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން ޕަޓީނާ ކުރީގައި އޮވެގެންނެވެ.

ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ 29 ވަނަ މިނެޓުގައި ވަރުގެ އަހުމަދު ޒަމީމް ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ދެވަނަ ފަހަރަށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ޕަޓީނާ އިން މި މެޗުގައި ތިންވަނަ ފަހަރަށް ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ނާއިޝް އެވެ.

މި މެޗުގައި ޕަޓީނާ އިން ކާމިޔާބުކުރި 06 ވަނަ ލަނޑަކީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ވަރުގެ ކީއްޕަރު ހަސަން މުނާޒު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް ޖެހިގެން އައި މިނެޓުގައި ވަރުގެ އަލީ މިސްބާހް ވަނީ  އަނެއްކާވެސް އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 6-5 އަށް ބަދަލުކޮށްފައެވެ.

ޕަޓީނާ އިން މި މެޗުގައި ކާމިޔާބުކުރި 07 ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް އަފްލާހް އެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ޕަޓީނާގެ ޖޯޒީ ނަންބަރު 11 އިބްރާހީމް އަފްލާހް އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ކުޅުނު ދެ މެޗުން ޕަޓީނާ އަށް 06 ޕޮއިންޓް ލިބިފައިވާއިރު، ފަސް ޓީމު ހިމެނޭ މި ގުރޫޕްގައި ވަރު ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.