ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
24 May 2023 | 02:33
ރޮނާލްޑޯ ލީގުގައި ކާމިޔާބުކުރި 14 ވަނަ ލަނޑާއެކު އަލް ނަސްރަށް މުހިންމު ތިން ޕޮއިންޓް!

ސައުދީ ޕްރޮފެޝަނަލް ލީގުގެ މިރޭ އަމިއްލަ ދަނޑުގައި ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށް 3-2 ގެ ނަތީޖާއަކުން އަލް ޝަބާބް ބަލިކޮށް އަލް ނަސްރު ލީގު ޗެމްޕިއަންކަން ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި އަލް ޝަބާބް އިން ދެލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު  ކްރިސްޓިއަން ގުއަންކާ އެވެ. މިއީ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ލުއިސް ގުސްޓާވޯ އަތުގައި ބޯޅަ ޖެހުމުން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ.

ފުރަތަަމަ ހާފުގައި މެޗުގެ ނަތީޖާ އެއްވަރުކުރުމަށް އަލް ނަސްރުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އެގޮތުން ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އަލް ޝަބާބްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

އަލް ޝަބާބް އިން މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އެޓީމުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދިން ގުއަންކާއެވެ. ނަމަވެސް ފުރަތަަމަ ހާފު ނިމުމުގެ ކުރިން އަލް ނަސްރުގެ ބްރެޒިލް މިޑްފީލްޑަރު އެންޑަސަން ޓަލިސްކާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ފަރަގު ކުޑަކޮށްދީފައެވެ. މިއީ އެޓީމުގެ އަލީ އަލް ހަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ޝަބާބް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި އަލް ނަސްރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އެޓީމުގެ ސައުދީ މިޑްފީލްޑަރު އަބްދުއްރަހުމާން ގަރީބު އެވެ. މިއީ އެޓީމުގެ އަލީ އަލް ހަސަން އަރިމަތިން އަލް ޝަބާބްގެ ގޯލްއޭރިއާ ތެރެއަށް ހުރަސްކޮދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުން އަލް ނަސްރު މޮޅުވި ލަނޑު ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އަލް ޝަބާބްގެ ހާފު މެދަށްވުރެ ޕެނަލްޓީ އޭރިއާ ކައިރިން އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ލުއިސް ގުސްޓާވޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ރޮނާލްޑޯ ކުޅުނު 15 މެޗުގައި އޭނާ ކާމިޔާބުކޮށްދިން 14 ވަނަ ލަނޑެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 28 މެޗު ކުޅެގެން އަލް ނަސްރަށް 63 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް އަލް އިއްތިހާދަށް 28 މެޗު ކުޅެގެން ލިބިފައިވަނީ 66 ޕޮއިންޓެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، ޕޮއިންޓްގެ ގޮތުން ދެޓީމު އެއްވަރުވެއްޖެނަމަ ޗެންޕިއަންކަން ލިބޭނީ މި ދެޓީމުގެ ލީގުގައި ކުޅުނު ދެ މެޗުގެ ނަތީޖާއިން ކުރި ލިބޭ ޓީމަކަށެވެ.

ލީގުގައި މި ދެޓީމު ވާދަކުރި ފުރަތަމަ މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ދެވަނަ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް އިއްތިހާދު އެވެ. ވުމާއެކު ޕޮއިންޓްގެ ގޮތުން ދެޓީމު އެއްވަރުވެއްޖެނަމަ ލީގު ޗެމްޕިއަންކަން ލިބިގެންދާނީ އަލް އިއްތިހާދަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.