ރޮބަޓް ލެވަންޑޮވްސްކީ ވަޔަޑޮލީޑް އާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު
24 May 2023 | 04:17
ލީގުގައި ޖެހިޖެހިގެން ދެވަނަ މެޗުން ބާސެލޯނާ ބަލިވެއްޖެ!

ސްޕެނިޝް ލަލީގާގައި މިރޭ ރަށުން ބޭރުގައި ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ވަޔަޑޮލީޑް އަތުން ޗެންޕިއަން ބާސެލޯނާ ބަލިވެއްޖެ އެވެ.

ވަޔަޑޮލީޑްގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި މިއީ ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ފަހުން ލީގުގައި ބާސެލޯނާ ޖެހިޖެހިގެން ބަލިވި ދެވަަނަ މެޗެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި މިހަފްތާގެ އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ ވަނީ ރެއާލް ސޮސިއެޑާޑް އަތުން ވެސް 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ވަޔަޑޮލީޑް ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ 

މިރޭގެ މެޗު ފަށައިގެން ދެވަަނަ މިނެޓުގައި ވަޔަޑޮލީޑް އިން ލީޑު ނެގިއިރު، މި ލަނޑަކީ ބާސެލޯނާގެ ޑެންމާކް ޑިފެންޑަރު ކްރިސްޓިއަންސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފުރަތަަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅާކުރުމަށް ލިބުނު ހުސް ފުރުސަތުގައި އެޓީމުގެ ވެނެޒުއޭލާ ފޯވާޑް ޑާވިން މަކީސް ފޮނުވާލި ހަމަލާ ބާސެލޯނާގެ ޑިފެންޑަރަކު ވަނީ ބްލޮކް ކޮށްފައެވެ.

ވަޔަޑޮލީޑް އާއި ބާސެލޯނާ ވާދަކުރި މެޗުގެ ތެރެއިިން ވަޔަޑޮލީޑްގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ 

މި މެޗުގައި ވަޔަޑޮލީޑް އިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ ބާސެލޯނާގެ ޑިފެންޑަރު އެރިކް ގާސިއާ އެޓީމުގެ ޕެނަލްޓީ އޭރިއާ ތެެރެއިން ވަޔަޑޮލީޑްގެ ކުޅުންތެރިޔަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެނެޑާ ފޯވާޑް ސިލީ ލެރިން އެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ވަޔަޑޮލީޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ވަޔަޑޮލީޑްގެ ފަރާތުން ބާސެލޯނާގެ ގޯލަށް ފަސް ހަމަލާއެއް ފޮނުވާލިއިރު، މި މެޗުގައި އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިކުއެޑޯގެ ފޯވާޑް ގޮންޒާލޯ ޕްލާޓާ އެވެ. މިއީ އެޓީމުގެ ކެނެޑާ ފޯވާޑް ސިލީ ލެރިން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބާސެލޯނާ އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޮލެންޑު ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 32 މެޗުގައި އޭނާ ކާމިޔާބުކުރި 23 ވަނަ ލަނޑެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ވަޔަޑޮލީޑް ވަނީ 36 މެޗުން 38 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ 27 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މި މެޗުން ބަލިވި ބާސެލޯނާ ލީގުގައި ކުޅުނު 36 މެޗުން އެޓީމަށް ވަނީ  85 ޕޮއިންޓް ލިބިފައެވެ. މިހާރު ވެސް އެޓީމު ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ އިރު ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 35 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް 35 މެޗު ކުޅެގެން ލިބިފައިވަނީ 71 ޕޮއިންޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.