ރައީސް މައުމޫން އަބްދުލްގައްޔޫމް، ފާރިސް މައުމޫން--
ހަބަރު
24 May 2023 | 14:17
ރައީސް މައުމޫންގެ އެމްއާރްއެމް އުވާލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ, މޯލްޑިވްސް ރިފޯމް މޫވްމަންޓް, އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕާޓީ އުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގައި މަދުވެގެން ތިބެންޖެހޭ މެންބަރުން ކަމުގައިވާ 3000 މެންބަރުން ހަމަނުވުމުންނެވެ. 

ޕާޓީ އުވާލުމަށް އީސީން ނިންމިކަން އެ ޕާޓީގެ ރައީސް ފާރީސް މައުމޫންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި އޭނާ ވަނީ އެ ނިންމުމަކީ ކޮރަޕްޓް ނިންމުމެއްކަން ފާހަގަކުރައްވައި ހިމޭންކަމާއި އެކު ތިބުމަށް ޕާޓީގެ މެންބަރުންގެ ކިބައިން އެދި ލައްވާފައެވެ. އެކަމާއި ގުޅިގެން އެ ޕާޓީގެ ޒަޢީމް މައުމޫން އަބްދުލްޤައްޔޫމް ވަނީ އެއީ ވަރަށް ކޮރަޕްޓް ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ނިންމުމާއި ދެކޮޅަށް ވަކާލާތު ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

އެ ޕާޓީގައި 3000 މެންބަރުން ހަމަނުވެގެން ދެފަހަރެއްގެ މަތިން ނޯޓިން ދީފައިވެއެވެ. އެގޮތުން 2022 ވަނަ އަހަރުވެސް މެންބަރުން ހަމަ ކުރަން ނޯޓިސް ދިނުމުން، މުއްދަތު ތެރޭގައި ޕާޓީން ވަނީ މެންބަރުން ހަމަ ކޮށްފައެވެ. އެއަށްފަހު، އަނެއްކާވެސް އެ ޕާޓީގެ މެންބަރުންގެ އަދަދު 3000 އަށްވުރެ ދަށްވެފައި ވަނިކޮށް، ސަރުކާރުގެ ވުޒާރާތަކުގައި ތިބި އެ ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުންވެސް ވަނީ ޕާޓީން ވަކިވެފައެވެ. 

އެ މެންބަރުން ޕާޓީން ވަކިވެފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އެ ޕާޓީއަށް މެންބަރުން ހަމަކުރުމަށް ނޯޓިސްވެސް ދީފައިވަނިކޮށެވެ. އެގޮތުން ޕާޓީއަށް ދިން ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު ފެބުރުއަރީއާ ހަމައަށް މެމްބަރުންގެ އަދަދަކީ 2،981 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ