ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީ އުފެއްދުމަށް ހުއްދަ އީސީން ދިނުން-- ފޮޓޯ/ އީސީ
ހަބަރު
24 May 2023 | 14:03
"ދި ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އީސީން ދީފި

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދެވި ފިކުރެއްގެ ދިރުން ގޮފިން އުފައްދަން ނިންމާފައިވާ ޕާޓީ ކަމުގައިވާ "ދި ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީން) ދީފިއެވެ.

އެ ހުއްދަ ދިނުމަށް އީސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި އީސީގެ ނައިބުރައީސް އިބްރާހިމް ހަބީބު ވިދާޅުވީ، ޕާޓީއަށް މަދުވެގެން 3000 މެމްބަރުން ހަމަކުރުމަށްޓަކައި ތިން މަސް ލިބިގެންދާނެ ކަމަށާއި އެ އަދަދަށް މެމްބަރުން ހަމަ ކުރުމުން ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުމަށް އެ ޕާޓީއަށް ދައުވަތު ދޭނެ ކަމަށެވެ.

އެމްޑީޕީގެ ފިކުރެއްގެ ދިރުމުގެ ގޮފީގެ އައު ސިޔާސީ ޕާޓީ އުފައްދަން ބޭނުންވާ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައި ވަނީ އާދީއްތަ ދުވަހުއެވެ.

އެއަށްފަހު އެ ގޮފީގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ގޮފީގެ ސްޕޯކްސްޕާސަން އަދި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ވަނީ އަލަށް އުފައްދާ ޕާޓީއަށް ކިޔުމައް ހަމަޖެހިފައިވާ ނަމަކީ "ދި ޑިމޮކްރެޓްސް" ކަމަށް ވިދާޅުވެފައެވެ. 

އެ ނަމާއި ގުޅިގެން ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ، އެ ޕާޓީ އުފެދުނީ ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ގާއިމް ކުރުމަށް ކަމަށެވެ. އަދި ޕާޓީގެ ނަން ކަނޑައަޅާފައިވަނީވެސް އެ އުސޫލުގެ މަތިން ވަރަށް ގިނަ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

އަދި މީގެ އިތުރުން، އަފްޝަން ވިދާޅުވީ، ޕާޓީގެ ހުރިހާ ކަމެއްވެސް ކުރިއަށް ދާނީ ނަމާއި އެއްފަދައިން ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތަކުގެ މަތިން ކަމަށެވެ. އަފި ޕާޓީގެ މަސައްކަތް ކުރާނީ އިގްތިޞާދީގޮތުން ރައްޔިތުންނަށް ތަނަވަސްކަން ހޯދައި ދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ މިހާރު ހިނގަމުންދަނީ ޕާޓީ އުފެއްދި އަސާސްތަކާއި ޚިލާފަށް ކަމަށް ބުނެ އެމްޑީޕީގައި ހިމެނޭ ގިނަ މެންބަރުން ތަކެއް އެ ޕާޓީން ކެނޑި، އައު ޕާޓީއެއް އުފައްދަވާނެ ކަމަށް އިއުލާން ކުރީ ފާއިތުވި ބުދަ ދުވަހުއެވެ. 

އެއަށްފަހު އެ ޕާޓީއަށް ކިޔާނެ ނަމަކާއި މެދު އާއްމުންގެ މަޝްވަރާވެސް ވަނީ ހޯދާފައެވެ. 

ދި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސްއިން ދީފައި ވާއިރު، އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަންވެސް ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.