ޕިންގްޓަން ސިޓީ ގެ ވަފުދާއި މާލެ ސިޓީ ކައުންސިލާއި އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުން
ހަބަރު
24 May 2023 | 17:23
ޗައިނާގެ ޕިންގްޓަން ސިޓީ އިން މާލެ ސިޓީ އަށް ޒިޔާރަތް ކޮށްފި

ޗައިނާގެ ޕިންގްޓަން ސިޓީ ގެ މަތީ ފަންތީގެ ޓީމެއް މާލެ ސިޓީ އަށް ޒިޔާރަތް ކުރައްވަމުން އެބަދެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ޕިންގްޓަން ސިޓީގެ މަތީ ފަންތީގެ ވަފުދު މިއަދު މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އާއި މާލޭ ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާ އެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފައިވާކަމަށެވެ. ޕިންގްޓަން ކޮމްޕްރިހެންސިވް ޕައިލެޓް ޒޯން ތަމްޞީލުކުރާ މި ވަފުދު މާލެ ސިޓީ ކައުންސިލަށް ދިއުމުން މަރްޙަބާ ކިޔައިފައިވަނީ މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ޗައިނާގެ ތިން ސިޓީއަކާއެކު މިހާރުވެސް މާލެ ސިޓީން ('ސިސްޓަރ ސިޓީ' އެއްބަސްވުމުގެ ދަށުން) ގާތް ގުޅުމެއް ބާއްވަމުންދާކަން މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

އަދި ޕިންގްޓަން އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޚާއްޞަކުރެވިގެން ތަރައްޤީކުރެވެމުންދާ ތަނަކަށްވެފައި ދެސިޓީގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މި ބައްދަލުވުމުގައި  ކައުންސިލްގެ މައިގަނޑު މަސައްކަތްތަކާއި ތަޞައްވުރު ބަޔާންކުރައް ވައި  ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިންވެސް ޗައިނާއިން ގިނަގުނަ އެހީތަކެއް މާލެސިޓީ ކައުންސިލަށް ފޯރުކޮށްދެމުންދާކަން އުފަލާއި ޝުކުރުވެރިކަމާއެކު ހާމަކުރައްވާފައި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރުމުން ގިނަ ކަންތައްތަކެއް އެނގި، އޮޅުންފިލާ، ދަސްވިކަމަށް ޕިންގްޓަންގެ ވަފުދުގެ އިސްވެރިޔާ، ސީ.ޕީ.ސީ ވާރކިންގ ކޮމިޓީގެ ސެކްރެޓަރީ މިސްޓަރ ޖުން ލައި މިބައްދަލުވުމުގައި ވިދާޅުވި ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަ ކުރައްވާފައި ވެއެވެ.

އަދި، މާލެ ސިޓީ ކައުންސިލާ ވަރަށް ގާތުން މަސައްކަތްކުރުމަށް އެބޭފުޅުން ޝައުޤުވެރިވާކަން ފާހަގަކުރެއްވި ކަމަށާއި، ސިޓީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން އޮޅުންފިލުއްވާ، އޭގައިވާ މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ޕިންގްޓަން ސިޓީން މާލެ ސިޓީ ކައުންސިލަށް އެހީތެރިކަމާ އެއްބާރުލުން ދޭން ތައްޔާރަށް ތިއްބެވިކަމަށް އެ ވަފުދުގެ ބޭފުޅުން ވިދާޅުވިކަމަށް ކައުންސިލުން ބުނެއެވެ.

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ މާލޭ ސިޓީގެ މޭޔަރ ވާހަކަފުޅު ދެއްކެވި ކަމަށާއި، އެވާހަކައިގެ ތެރޭގައި 2013 އިން 2018 އާ ދެމެދު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވުނުކަން ފާހަގަކުރައްވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން މިކަން ބަލައިގަންނަކަމަށާއި، ޗައިނާއާ ގާތުން މަސައްކަތްކުރުމަށް އަބަދުވެސް ޙާއްޞަ އިސްކަމެއް ދެއްވަމުންދާކަމަށް ޑރ މުޢިއްޒު ވިދާޅުވިކަމަށް ކައުންސިލުން ބުނެއެވެ. ޕިންގްޓަން ސިޓީ އަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމަށް ޙާއްޞަކުރެވިގެން ޗައިނާގައި ހިންގޭ ދެވަނަ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވާ، މިސްޓަރ ޖުން ލައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބު ތަޖުރިބާއިން އެބޭފުޅުން ހިތްވަރު ހޯއްދަވައި މަޢުލޫމާތު އޮޅުންފިލުއްވާފައިވާކަމަށް  ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އަދި އެސިޓީގެ އެކި ކަންކަން ތަރައްޤީކުރުމުގައި ބޭނުންކުރާ ވަޞީލަތްތަކާއި އުޞޫލުތަކުގެ މަޢުލޫމާތު ސިޓީ ކައުންސިލާ ޙިއްޞާކޮށް، ސިޓީ ކައުންސިލްގެ ޚިދްމަތްތައް ހަރުދަނާކުރުމަށް ޕިންގްޓަން އިން އެހީތެރިވެދެވިދާނެ ދާއިރާތައް ކަނޑައަޅުއްވަން ޝައުޤުވެރިކަން ފާޅުކުރައްވާފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ޕިންގްޓަންގެ ވަފުދުގައި، އެސިޓީގެ ޚާރިޖީ ގުޅުންތަކާއި، ގެދޮރުވެރިކަން، މުނިސިޕަލް ޚިދްމަތްތައް، ފަތުރުވެރިކަން، ސަޤާފަތް އަދި މޫދު ކުޅިވަރު ފަދަ ދާއިރާތަކުގެ ކަމާބެހޭ ބޭފުޅުން ހިމެނިވަޑައިގެންފައި ވާކަމަށް މާލެ ސިޓީ  ކައުންސިލުން ބުނެފަިއިވެއެވެ.

މޭޔަރ ޑރ. މުޢިއްޒުގެ އަރިހުގައި މި ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްގެ އިތުރުން ބައެއް ކައުންސިލަރުންނާއި، މާލެސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ކަމާބެހޭ ކޮންސަލްޓަންޓުން ބައިވެރިވެވަޑައިގެންނެވި ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.