އަހްމަދު ފާރިސް މައުމޫން، މިއަދުގެ ޕްރެސްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން
ހަބަރު
24 May 2023 | 20:40
ކޯލިޝަނާއި އެކު ދެމި މިތިބީ އަމިއްލަ ކުރިއެރުން ތަކެއް ދޫކޮށްފައި: ފާރިސް

ކޯލިޝަނާއި އެކު ދެމި މިތިބީ އަމިއްލަ ކުރިއެރުން ތަކެއް  ދޫކޮށްފައި ކަމަށް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް މިހެން ވިދާޅުވީ އެމްއާރްއެމް އުވާލުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފާރިސް ވިދާޅުވީ ދައުރުގެ މެދުތެރެއިން ކޯލިޝަން ރޫޅި ސަރުކާރު ރޫޅިގެން ދާން ބޭނުންފުޅު ނުވާކަމަށާއި ރިޔާސީ ނިޒާމުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އަށް 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރެވެވެން ވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ފާރިސް ވިދާޅުވީ ތާއީދު ނުކުރެވޭ ކަންކަމާއި މެދު އަޑު ނުއުފުލުމަކީ ޕާޓީގެ ތާއީދު ކުޑަވި ސަބަބެއް ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް ކޯލިޝަން ސަރުކާރެއްގެ ތެރޭގައި އޮތިއްޔާ ކަންތައްތައް ހިއްސާ ކުރާނީ ސަރުކާރުގެ އެތެރޭން ކަމަށާއި، ސަރުކާރުގެ ކޮންމެ ސިޔާސަތަކާއި ދެމެދު ހިތްހަމަ ނުޖެހޭއިރަށް އެވާހަކަ ފާޅުގައި ދެއްކުމުން ކުޑަ މުއްދަތެއްގެ ތާއިދެއް ލިބިދާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

"އަބަދުވެސް މިއޮންނަނީ ކޮންމެވެސް ކަމެއް ކުށްވެރި ކޮށްގެން ތާއީދު ހޯދުން، އެހެންނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑު މެންނަކަށް ނުފެނުނު، އެއީ އަޅުގަނޑުމެންގެ އެބެއް އެއްބަސްވުމެއް، އެއީ ސަރުކާރަށް ދަތިނުވާނެ ގޮތަކަށް އަޅުގަނޑުމެން ޢަމަލު ކުރުން، އެހެންނަމަވެސް ރިޔާސީ އިންތިޚާބެއް ގާތްވަމުން ދާއިރު އަޅުގަނޑު މެން އެބަޖެހޭ ތަންކޮޅެއް ފާޅުކަން ބޮޑު ގޮތެއްގައި އުޅެން، އެއީ އަޅުގަނޑުމެންގެވެސް ޒިންމާއެއް އެބަ އޮތް، ރައްޔިތުންނަށް އަޅުގަނޑުމެން ދެކޭގޮތް ހާމަކޮށްދިނުން، އަދި އަޅުގަނޑުމެން ކަމްބޮޑުވި ކަންކަން ސަރުކާރަށް ހުށައަޅައިގެން ހުރީ ގިނަ ކަންކަމުގެ މައުލޫމާތު ނުލިބޭ، ނޫނީ ގިނަ ކަންކަން ހުރީ އިސްލާހު ނުވެ" 

 ފާރިސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލައިފައިވަނީ މިއަދުއެވެ. އެމްއާރްއެމް އަކީ މިހާރު މިހިނގާ ސަރުކާރު އިންތިޚާބު ކުރެވުނު ކޯލިޝަންގެ ބައިވެރިއެކެވެ. އަދި މިހާތަނަށްވެސް  އޮތީ އެގޮތުގައެވެ. ކުރިއަށް އޮތް އިންތިޚާބުގައި އެމްއާރްއެމް އިން ފާރިސް ކެނޑިޑޭޓެއްގެ ގޮތުގައި ނެރުމަށް ކެމްޕޭނު ދަނީ ކުރަމުންނެވެ.

ކޮމެންޓް
ބިލްދޮރާށި
މަރިޔަބު ގެއްލި ކަތިވަޅި ގެއްލި ކޮށި ދަރު ވެސް ގެއްލުނީ. ދެންވެސް މަޑުން ބަސްއަހައިގެން ހުރެވޭތޯ ބެލުން ބުއްދިވެރީ!
24 May 2023
ޒުހުދާ
ވ.ވުރެއް އަމިއްލަ އެދުންބޮޑުވެ ކަންކަން ކުރަންވީމަ ވާނީތިޔަހެން ކަލޭމެން ދެންގޭގަތިބޭ މިފަހަރު ތިޔައޮތީ ބޮނޑިބޮއެފަ 30 އަހަރު ގުނބޯހައްދާފަ އަދިވެސް އެކަމުގަ
26 May 2023
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ