10 Feb 2019 | 16:29
ހައުސިން އެންޑް އާރބަން މިނިސްޓްރީ ހާއްސަވެފައިވަނީ ހަމައެކަނި ބޯހިޔާ ވަހިކަމަށް- އަހުމަދު ނަޝީދު

ހައުސިން އެންޑް އާރބަން ޑިވެލޮޕްމެންޓް މިނިސްްޓްރީން ފޯސްކަސް ކުރާނީ ބޯހިޔާވަހިކަމަށް އެކަނި ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ މީގެ ކުރިން ބޯހިޔާވަހިކަމަށް ވަކިން މީގެކުރިން މިނިސްޓްރީއެއް އޮތެކޭ ނުދެއްނެވޭނެ ކަމަށާއި، އޭރު އޮތް މިނިސްޓްރީއަކީ އެކިއެކި މަސައްކަތްތަކަށް ހާއްސަ މެގަ މިިނިސްޓްރީއެއް ކަމަށެވެ.

ހައުސިންގެ މަަސައްކަތްތައް ކުރަމުން އައީ ބޮޑު މިނިސްޓްރީގެ ތެރެއިން އަންނަ ކުޑަކުޑަ ޑިޕާޓްމަންޓަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ހައުސިން އެންޑް އާރބަން ޑިވެލޮޕްމެންޓް މިނިސްޓްރީއަކީ ހަމައެކަނި ބޯހިޔާވަހިކަމަށް ޚާއްސަ މިިނިސްޓްރީއެއް ކަމަށްވެސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެބޭފުޅުންގެ މެންޑޭޓްގެ އެންމެ ބޮޑު ފޯކަސް އަކީ ރައްޔިތުންނަށް ލުއި ފަސޭހަ ކަމާއެކު އަވަހަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިންކަމަށެވެ.

އަދި ފާއިތުވި ސަރުކާރުގައި ބޯހިޔާވަހިކަމުގެ ކަންތައްތައް ގެންގޮސްފައިވަނީ ވަރަށް ދޯދިޔާ ކޮށް ކަމަށާއި، މިސަރުކާރުން ބޯހިޔާވަހިކަމުގެ ކަންތައްތައް ކުރިއަށް ގެންދަން ރާވާފައިވަނީ ރަނގަޅު ސިޔާސަތު ތަަކަކާއި، ގާނޫނުތައް ހުރެގެން ރައްޔިތުންގެ ބޭނުންތައް ކޮށްދެވޭނެ ގޮތަށްކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ މިނިސްޓްރީ އިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަތުން ކަމަށާއި، އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ގުޅިގެން މައުލޫމާތު ސާފުކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މައުލޫމާތުގެ އަލީގައި ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންގެ މައުލޫމާތު އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފާއިތުވި ސަރުކާރުގައި މީހުންނަށް ފުލެޓް ދިން އުސޫލުން މި ސަރުކާރުން ފުލެޓް ނުދޭނެ ކަމަށާއި، މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭނީ ވަރަށް ގިނަ ގޮތްގޮަށް ބެލުމަށްފަހު ދެފުއްފެންނަށް ގޮތައް އިންސާފުވެރިކަމާއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
11 Jul 2026
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި
އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ
11 Jul 2026
ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭ ބުނެ، އޮޅުވާލައިގެން ފައިސާ ހޯދަނީ
މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ
11 Jul 2026
އެމްއެމްއޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުދަދުވަސް
ކޯހަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ އާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ފީތައް މި ސްކޮލަރޝިޕްގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ދަރިވަރު ކުރަންޖެހޭ އެހެނިހެން ހަރަދުތައް ހިމެނެއެވެ
11 Jul 2026
އެމްޑީޕީގެ ފަލްސަފާ ޤަބޫލުކުރި ދުވަސްތައް މާޒީވެ ހިނގައްޖެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައިސް ދެން ކަންތައްވީގޮތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ
11 Jul 2026
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް
ޕީއެންސީން މިއަދު ކުރިއަށްގެންދާ އެޕާޓީގެ އެތެރޭގެ އިންތިހާބު މިއަދު ހަވީރު 16:00 ޖެހުމާ ހަމަޔަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ
11 Jul 2026
ޓެސްޓުގެ ނަތީޖާ އަނބުރާ ލިބުމުން ދެން ކަންތައްކުރާނީ ކިހިނެތް؟
ޓެސްޓް ޕޭޕަރުން ލިބޭ މާކުހަކީ މުހިންމު އެއްޗަކަށް ވީނަމަވެސް، އެއީ ކުއްޖާގެ އުނގެނުމުގެ އެންމެ ފުރިހަމަ ތަސްވީރެއް ނޫނެވެ. ކުދިން ޓެސްޓު ކަރުދާސް ހިފައިގެން ގެއަށް އައުމުން ބެލެނިވެރިންނަށް ކަން ކުރެވޭ ގޮތަކުން ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.