ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއް.. ފޮޓޯ: ޔާހޫ ސްޕޯޓްސް
ކުޅިވަރު
11 Jul 2026 | 15:48
ޕަރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ، އަދިވެސް އެމްބާޕޭއާ ޖަދަލުކުރުމުގައި

ޕަރަގުއާއީގެ ސެނެޓަރު ސެލެސްޓޭ އަމަރިއްލާ އަނެއްކާވެސް އެމްބާޕޭއަށް އަމާޒުކޮށް ބަހުގެ ހަމަލާތަކެއް ފޮނުވާލައިފިއެވެ.

ސެލެސްޓޭ އަމަރިއްލާ ދެވަނަ ފަހަރަށް އެމްބާޕޭއަށް ނިސްބަތްކޮށް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައިވަނީ އެންމެ ފުރަތަމަ ޕޮސްޓްކުރި ވާހަކައަށް އެމްބާޕޭ ދިން ރައްދާ ގުޅިގެންނެވެ. ފްރާންސް އަތުް ޕަރަގުއޭ ބަލިވިމެޗަށްފަހު އަމަރިއްލާ ވަނީ އެމްބާޕޭއަށް ނިސްބަތްކޮށް ވަރަށް ކުޑައިމީސްކޮށް ވާހަކަދައްކާފައެވެ. އެގޮތުން އެމްބާޕޭއަކީ ލިޔަންކިޔަން ނޭނގޭ މީހެއްކަމަސް ބުނެ، އަމަރިއްލާ ވަނީ ނަސްލީގޮތުން ދިމާކޮށް ފުރައްސާރަކޮށްފައެވެ.

ޕަރަގުއޭގެ ސެނެޓަރު އެ ބީދައިން ވާހަކަދެއްކީ ފްރާންސް އާއި ޕަރަގުއޭ ބައްދަލުކުރިމެޗަށްފަހު އެޓީމްގެ ބައެއް ކުޅުންތެރިންނާ އެމްބާޕޭ ސަލާންނުކުރުމުންނެވެ. އެ މެޗްގައި ޕަރަގުއޭގެ ކުޅުންތެރިން ވަނީ އެމްބާޕޭއަށް ގަސްތުގައި ޖެހިގަނެ ކުޅިވަރުގެ ރޫހާ ހިލާފަށް އަމަލުތައް ބަހައްޓާފައެވެ. 

ސެލެސްޓޭ އަމަރިއްލާ ދެއްކި ވާހަކަތަކުގެ ރައްދުގައި އެމްބާޕޭ ވަނީ ކޯޓަށް މައްސަލަ ހުށަހަޅާނޭކަމަށް ބުނެފައެވެ. އެމްބާޕޭ ބުނީ އަމަރިއްލާއަކީ އެ މަޤާމަށް ކުފޫހަމަނުވާ، ދަށުދަރަޖައިގެ އަންހެނެއް ކަމަށެވެ. އަދި އޭނާއަކީ ޕެރަގުއޭ ތަމްސީލުކުރާ މީހެއް ނޫން ކަމަށާއި، އޭނާގެ މި ނާތަހުޒީބު ޢަމަލުގެ ސަބަބުން ޕެރަގުއޭގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ މަތިން ދުނިޔެ ހަނދާން ނެތި، ޤައުމުގެ އަގު ވެއްޓިފައިވާ ކަމަށް އެމްބާޕޭ ފާހަގަކުރިއެވެ. އެމްބާޕޭ އިތުރަށް ބުނީ، ދުނިޔޭގައި ނަފްރަތާއި ނަސްލީ ތަފާތުކުރުން ފެތުރުމުގެ ފުރުޞަތު މިފަދަ މީހުންނަށް ނުދޭނެ ކަމަށެވެ

އެމްބާޕޭގެ މިވާހަކަތަަކަށް ރައްދު ދެމުން އަމަރިއްލާ ބުނެފައިވަނީ، އެމްބާޕޭ އަކީ ފްރާންސް މީހެކޭ ބުނެވެން ނެތްކަމަށާއި، ފްރާންސް މީހުންނަކީ މީހުންނަށް އިހްތިރާމްކޮށް ސަލާމްކޮށް އުޅޭ ބައެއްކަމަށެވެ. އަމަރެއްލާ ބުނީ އެމްބާޕޭ ދެއްކި ވާހަކަތަކަށް މައާފަށް ނޭދޭނަމަ އާނާވެސް ކޯޓަށް ދާނޭކަމަށެވެ. އަދި އަދާކުރާ މަގާމަށް ކުފޫހަމަނުވާ، ދަށުދަރަޖައިގެ އަންހެނެއް ކަމަށް ބުނުމުގެ އެއްވެސް ހައްގެއް އެމްބާޕޭއަށް ނޯންނާނޭކަމަށްވެސް އަމަރެއްލާ ބުންޏެވެ.

މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި އަމަރެއްލާ ވަނީ ރޮނާލްޑީނިއޯ މިސާލަކަށް ނަގައި އެމްބާޕޭއަށް އިންޒާރުދީފައެވެ. އެގޮތުން ޕަރަގުއޭއިން ވާނީ ރޮނާލްޑީނިއޯވެސް ޖަލަށް ލާފައިކަަމަށް އަމަރެއްލާ ބުނިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެމްބާޕޭ އާއި އަމަރިއްލާގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް އައިސްފައިވާއިރު، މި މައްސަލާގައި ގިނަބަޔަކު ތިބީ އެމްބާޕޭއާ ކޮޅަށްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.