އަހްމަދު ފާރިސް މައުމޫން/ ފޮޓޯ: ދެން
ހަބަރު
25 May 2023 | 09:11
ކަޅުދަބަސް ހިފައިގެން ނުކުމެ މީހުނަށް އެއްޗެހިދީގެން ފޯމް ފުރާކަށް އުނދަގުލެއް ނުވާނެ: ފާރިސް

ކަޅުދަބަސް ހިފައިގެން ނުކުމެ ދިމާވާ ކޮންމެ މީހަކަށް އެއްޗެއް ދީގެން ޕާޓީއަށް ގިނަ ފޯމް ތަކެއް ފުރާކަށް އެބޭފުޅުންނަކަށް ވެސް އުނދަގުލެއް ނުވާނެ ކަމަށް މިއަދު އުވާލެވުނު އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. 

ފާރިސް މިހެން ވިދާޅުވީ އެމްއާރްއެމް އުވާލުމާއި ގުޅިގެން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. 

"އަޅުގަނޑުމެން އެކަން (ކަޅުދަބަސް ހިފައިގެން ނުކުމެ ދިމާވާ ކޮންމެ މީހަކަށް އެއްޗެއް) އެގޮތަށް ކުރަން ބޭނުން ނުވަނީ، އެކަން އެގޮތަށް ކުރަން ފަށާ ދުވަހު އެހެންމީހުންނެކޭ އަޅުގަނޑުމެންނެކޭ އެއްވެސް ތަފާތެެއް ނުހުންނާނެ" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އެޕާޓީ ނެތި ދިޔަޔަސް ދާނީ އެގޮތުގައި ތިއްބަވައިގެން ކަމަށެވެ. އަދި ޕާޓީ ނެތިދިޔުން އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ފާރިސް ވިދާޅުވިއެވެ. ފާރިސް ވިދާޅުވީ މިމަސައްކަތުގައި ތާއީދާއި ހިތްވަރު ރައްޔިތުންގެ ކިބައިން ލިބޭ ކަމަށެވެ.

ސިޔާސީ ފަރާތަކަށް އެބޭފުޅުން އެކުރާ މަސައްކަތަކީ ރަނގަޅު މަސައްކަތެކޭ ބުނުން މަނާ ވެދާނެ ކަމަށާއި، އަދި އެހެން ބުނާ މީހާއަށް ސިޔާސީ ގޮތުން "ޗެލެންޖަސް" ތަކެެއް ދިމާވެދާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

"އެހެން ސިޔާސީ ޕާޓީތަކުން މި މަސައްކަތް ފަށައިފިއްޔާ އަޅުގަނޑުމެން ވަރަށް އުފާވާނެ، އަޅުގަނޑު މެން ބޭނުންވަނީ އެހެން ސިޔާސީ ލީޑަރުންވެސް، އެހެން ސިޔާސީ ޕާޓިތަކުންވެސް މިވާހަކަތައް ފާޅުގަ ދައްކަން، ތިމަންނަމެން ދޫކޮށްލާނަމޭ ނުފޫޒު ފޯރުވާ ބައި ތިމަަންމެން ދޫކޮށްލާނަމޭ، ރައްޔިތުންނަށް، ރައްޔިތުންގެ ހައްޤުގަ މިނިވަންކަމާއި އެކު ގޮތް ނިންމަން ފުރުސަތު ދޭނަމޭ، އެހެނެއް ނުބުނެވޭ ދެެއްތޯ" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ މީހުން ޕާޓީތަކަށް ތާއީދު މިކުރަނީ ކޮންމެވެސް އެެއްޗެއް ދޭނެތީ ކަމަށާއި، ކޮންމެވެސް ވަޒީފާއެއް ލިބޭނެތީ ޕާޓީގައި ތިބެނީ ކަމަށެވެ. ފާރިސް ވިދާޅުވީ މިގޮތައް ކަންކަން ބަހައްޓަން ބޭނުންވާ ބަޔަކީ ހަޤީޤީ އިންސާފު ހަޤީޤީ  އިސްލާހު ގެނެވޭނެ ބައެއްތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. 

ފާރިސް މިހެން ވިދާޅުވެފައި މިވަނީ އެމްއާރްއެމް އިން މެމްބަރުންތަކެއް މަދުވެ ޕާޓީ އުވާލައިފައިވާ ދަނޑިވަޅެެއްގައެެވެ. އަދި ޕާޓީ އުވާލެވިފައިވަނީ ޤަވާއިދުތަކާއި ޚިލާފަށް ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
އިބުރޭ
ާފިސްތޯލަ ޕާޓީ އަކީ އެކަހަލަ ލާމަސީލު މިސާލެއް މިހާރުވެސް ކުޅިވަރުކުޅެ ފިލްމްކުޅެގެން މީހުންގެ ލޮލުގެ އަނދުންއަޅުވަމުންގެންދަނީ
25 May 2023
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ