ބްރައިޓަންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
25 May 2023 | 07:44
ސިޓީއާއި އެއްވަރުކޮށް، ބްރައިޓަން އިން ޔޫރޮޕާ ލީގު ޖާގައެއް ކަށަވަރުކޮށްފި!

އިގިރޭސި ޕްރެމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އިން ޗެންޕިއަން މެންޗެސްޓާ ސިޓީ މޮޅުވިޔަނުދީ ހިފަހައްޓައިފި އެވެ.

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި މެންޗެސްޓާ ސިޓީ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ބްރައިޓަން އިން ވަނީ ލަނޑު ޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެ ގޮތުން ފުރަތަަމަ ހާފުގައި މެންޗެސްޓާ ސިޓީގެ ގޯލާއި އަމާޒުކޮށް އެޓީމުން ފަސް ހަމަލާއެއް ފޮނުވާލި ނަމަވެސް މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ސިޓީ އިންނެވެ.

ފުރަތަަމަ ހާފުގެ 25 ވަނަ މިނެޓުގައި މެންޗެސްޓާ ސިޓީއަށް މެޗުގެ ލީޑު ހޯދައިދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ފިލް ފޯޑެން އެވެ. މިއީ އެޓީމުގެ ނޯވޭ ފޯވާޑް ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން ބްރައިޓަން އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ.

ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެޓީމުގެ މިޓޯމާ އަތުގައި ބޯޅަ ޖެހިފައިވާތީ އެއީ ރަގަޅު ލަނޑެއް ނޫންކަމަށެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަން އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕެރަގުއޭގެ ފޯވާޑް ޖޫލިއޯ އެންސިސޯ އެވެ. މިއީ އެޓީމުގެ އިގިރޭސި ޑިފެންޑަރު ލެވީ ކޯލްވިލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުން މޮޅުވުމަށް ދެޓީމަށް ވެސް ވަނީ މިހާފުގައި ލަނޑު ޖަހާނެ ރަގަޅު ހުސް ފުރުސަތުތަކެއް ލިބި ބޭނުންނުކުރެވިފައެވެ.

ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި މެންޗެސްޓާ ސިޓީގެ ކޯލް ޕާމަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލަންޑް ލަނޑު ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑު ޖެހުމުގެ ކުރިން ސިޓީގެ ކުޅުންތެރިއަކު ފައުލުކޮށްފައިވާކަމަށެވެ.

މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު 37 މެޗު ކުޅެގެން ބްރައިޓަންއަށް ވަނީ 62 ޕޮއިންޓާއެކު އަންނަ ސީޒަނުގައި ޔުއެފާ ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.