އެންތަނީ މާޝިއަލް ޔުނައިޓެޑުގެ ދެވަނަ ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
26 May 2023 | 02:46
ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީ ބަލިކޮށް، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފި!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ފުރަތަަމަ ހާފުގެ ފަސްވަނަ މިނެޓްގައި ޗެލްސީގެ ޔުކްރެއިން ފޯވާޑް މަޑްރިކަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. ނަމަވެސް ޖެހިގެން އައި މިނެޓުގައި ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ޗެލްސީގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބްރެޒިލްގެ މިޑްފީލްޑަރު ކަސަމީރޯ ވަނީ އެޓީމަށް ލީޑު ހޯދައިދީފައެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ލަނޑަށްފަހު މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ޗެލްސީ ޖަރުމަނު ފޯވާޑް ކައި ހާވަޓްޒް އަދި އިގިރޭސި މިޑްފީލްޑަރު ކޯނޯރ ގަލަގާރ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނު އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑުން ވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.

މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު ޖޭޑަން ސަންޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ޔުނައިޓެޑުގެ ޕޯޗުގަލް މިޑްފިލްޑަރު ބުރޫނޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާ ގޯލްގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭގެ ފަސް މިނެޓު ފަހުން ކްރިސްޓިއަން އެރިކްސަން ފޮނުވާލި ބޯޅަ ޗެލްސީގެ ކީއްޕަރު ކެޕާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ޔުނައިޓެޑަށް ދިން ޕެނަލްޓީއެކެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ރަޝްފޯޑް އެވެ. އަދި 85 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ އަށް ލިބުނު ހުސް ފުރުސަތެއް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގައި ޗެލްސީ ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޖައާއު ފެލިކްސް އެވެ. މިއީ ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އެންމެ ފަހުން ވާދަކުރި ފަސް މެޗުވެސް ދެޓީމު އެއްވަރުވެގެން ނިމިފައިވާ އިރު، މިއީ 2020 ވަނަ އަހަރުގެ ފެބުރުއަރީގެ ފަހުން ޗެލްސީގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދި ފުރަތަމަ ފަހަރެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 37 މެޗު ކުޅެގެން މެންޗެސްޓާ ޔުނައިޓެޑަށް 72 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ނިއުކާސަލްއަށް 37 މެޗު ކުޅެގެން 70 ޕޮއިންޓް ލިބިފައިވާއިރު، މި ދެޓީމަށް ވެސް ވަނީ އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ.

މި މެޗުން ބަލިވި ޗެލްސީ 37 މެޗު ކުޅުނުއިރު، އެޓީމަށް ލިބިފައިވަނީ 43 ޕޮއިންޓާއެކު، ލީގު ތާވަލުގެ 12 ވަނަ އެވެ. އަދި މިއީ 1995 ވަނަ އަހަރުގެ ފަހުން ލީގުގައި ޗެލްސީ އިން ނެރުނު އެންމެ ދަށް ނަތީޖާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.