"މިނިވަންކަން" މި މައުޟޫއަށް ދަރުސް އެއް ބާއްވަނީ

27 May 2023 | 15:15
މިރޭގެ ދަރުސް ކުރިއަށް ދާނީ އާޓިފިޝަލް ބީޗުގައި

"މިނިވަންކަން" މި މައުޟޫއަށް ދޭ ދަރުސްއެއް މިރޭ އޮންނާނެއެވެ.

ޖަމިއްޔަތުއް ސަލަފް އިން އިންތިޒާމް ކޮށްގެން ބާއްވާ މިދަރުސް އޮންނާނީ އާޓިފިޝަލް ބީޗުގައެވެ.

މިރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސް ދެއްވާނީ ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމު ވެރިޔާ އައްޝެއިޙް އަޙްމަދު ސަމީރުއެވެ. މިއީ މިއަހަރު ޖަމިއްޔަތުއް ސަލަފުން ޢާންމުކޮށް ހުޅުވާލައިގެން މާލެ ސަރަހައްދުގައި ބާއްވާ ދެވަނަ ދަރުހެވެ.

  ދަރުސް ކުރިއަށް ދާވަގުތު ދާރިސް ޓީވީ އިންނާއި ޗެނަލް 13  އިން ދަރުސް ލައިވް ކުރާނެއެވެ.

ޖަމިއްޔަތުއް ސަލަފަކީ ރާއްޖޭގެ ރައްޔިތިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތިރު ކުރުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ރަށްރަށުގައިވެސް ސަލަފްގެ ފަރާތުން ދީނީ މައުލޫމާތު ފޯރުކޮށްދިނުން ކުރިއަށް ގެންދެއެވެ. އެގޮތުން އާންމު ގޮތެއްގައި ކޮންމެ ހަފްތާ ބަންދެއްގައި ވެސް ޝެއިޚުން އަތޮޅު ތަކަށް ދަތުރުކުރައްވައި ރަށްރަށުގައި ދީނީ ހަރަކާތްތައް ހިންގައެެވެ.

Advertisement

ކޮމެންޓް

Advertisement