އޯބްލޫ އެކްސް އާއި ކުރުނބާ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
27 May 2023 | 19:05
ރިސޯޓް ލީގު 2023: ފަހުވަގުތު ކާމިޔާބުކުރި ލަނޑުން އެއްވަރުވެ، ކުރުނބާ ކުއާޓާ ފައިނަލަށް!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯނުގައި މިއަދު ހަވީރު ކުޅެވުނު ދެވަަނަ މެޗުގައި ގުރޫޕް "ޑީ" ގައި، އޯބްލޫ އެކްސް އާއި ކުރުނބާ ވާދަކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުރުނބާ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ދެޓީމުގެ ފަރާތުން ވާދަކުރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އޯބްލޫ އެކްސް އިންނެވެ. މި ލަނޑު މެޗު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ އަޖީތުއެވެ. މިއީ އެޓީމުގެ ކުޅުންތެރިއަކު ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް، ކުރުނބާގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން އޯބްލޫ އެކްސް އިން ދެ ލަނޑުގެ ލީޑެއް ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަަމަ ހާފުގެ 14 ވަނަ މިނެޓުގައި އެޓީމުގެ އަބްދުﷲ އަޝްފާގުއެވެ. މިއީ ކުރުނބާގެ ކީއްޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އޯބްލޫ އެކްސް ކުރީގައި އޮވެގެންނެވެ.

މި މެޗުން މޮޅުވެގެން އޯބްލޫ އެކްސް އަށް ކުއާޓާގެ ފުރުސަތު ލިބެން އޮތްއިރު، ކުރުނބާއަށް މެޗު އެއްވަރުކޮށްލައިގެން ވެސް ކުއާޓާގެ ފުރުސަތު ލިބެން އޮތެވެ.

މެޗުގެ ދެވަަނަ ހާފުގައި ކުރުނބާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް އުންމީދު އާކޮށްފައެވެ. މި ލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުﷲ އާހިލް އަލީ އެވެ. މިއީ އޯބްލޫ އެކްސްގެ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ކުރުނބާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އިމްތިޔާޒު އެވެ. މިއީ އޯބްލޫ އެކްސް ގެ ހާފު މެދެއްހާ ހިސާބުން އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ގޯލައް ފޮނުވާލި ބޯޅަ އޯބްލޫ އެކްސްގެ ގޯލު ރޮނގުމަތީ މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. 

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އޯބްލޫ އެކްސްގެ ގޯލް ކީޕަރު އަބްދުﷲ ޝާފީ އެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު މި ދެ ޓީމަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުރުނބާ އަށް ކުއާޓާ ފައިނަލުން ޖާގަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިން މެޗުން ކުރުނބާ އަށް ފައިދާ ތިން ގޯލު ލިބުނުއިރު، އޯބްލޫ އެކްސް އަށް ލިބިފައިވަނީ ފައިދާ ދެ ގޯލެވެ.

ރިސޯޓް ލީގު 2023 ގެ ނޯތު މާލޭ ޒޯނުގައި މިއަހަރު 17 ޓީމެއް ބައިވެރިވެފައި ވާއިރު، މި ޒޯނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭގޮތަށެވެ. 

މި ޒޯނުގެ ހުރިހާ މެޗެއްވެސް ވަން އެންޑް އޮންލީ ރީތިރަށުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ގުރޫޕް "އޭ" ގައި ފަސް ޓީމު ހިމެނޭއިރު، އަނެއް ތިން ގުރޫޕްގެ ތެރެއިިން ކޮންމެ ގުރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.