ރައީސް ޞާލިހު ބިލެއްދޫއަށް ވަޑައިފަތުން -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 May 2023 | 12:10
ޖުލައި މަހުގެ ތެރޭގައި ބިލެއްދޫގައި އޭޓީއެމްގެ ހިދުމަތް ފެށޭނެ: ރައީސް ޞާލިހު

ޖުލައި މަހުގެ ތެރޭގައި ފ. ބިލެއްދޫގައި އޭޓީއެމްގެ ހިދުމަތް ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބިލެއްދޫ އާ އިންޖީނުގެއާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

"ބިލެއްދޫ ދާއިރާގެ މެމްބަރުން އެދެމުންދާ އެއްކަމެއް އެއީ މިރަށުގަ އޭޓީއެއް އެމްގެ ހިދުމަތް ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެންމެ ފުރަތަމަ ގާއިމު ކުރާ 10 އޭޓީއެމްގެ ތެރޭގަ ބިލެއްދޫ ހިމެނިގެން ދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ޕްލޭން ކުރެވިފައިވާ ގޮތުން، ޖުލައި މަހުގެ ތެރޭގައި ބިލެއްދޫގެ އޭޓީއެމްގެ ހިދުމަތް ލިބެން ފަށާވަރު ވާނެ ކަމަށެވެ.

ބިލެއްދޫ ރައްޔިތުންގެ ފަރާތުން ދެން އެންމެ ބޮޑަށް އެދޭ ކަމަކީ ރަށުގެ ބިން ބޮޑު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ބިލެއްދޫގެ ފަޅު ކުޑަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ހިއްކެން އޮތް ވަރަކަށް ހިއްކައިދިނުމަށް އެރަށު ރައްޔިތުން އެދޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވީ ވައުދުގެ ތެރޭގައި، ބިލެއްދޫ ބިން ހިއްކައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެރަށު ބަނދަރު ހެދުން އެމްޓީސީސީއާ ހަވާލު ކޮށްފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ މަޝްރޫއުގެ ޑިޒައިންގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫއުގެ ތެރޭގައި ހިމަނައިގެން ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ފ. އަތޮޅަށް މި ކުރައްވާ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފ. ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ބިލެއްދޫ، އަދި ފީއައްޔަށެވެ.

މި ދަތުރުފުޅުގައި އެ ރަށްރަށުގަ ސަރުކާރުން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް ނިންމާ، ހިދުމަތްތައް އިފްތިތާހު ކުރުން ކުރިއަށް ގެންގޮސްދެއްވާނެއެވެ.

އަދި ކޮންމެ ރަށެއްގެ ރައްޔިތުންނާނއި، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސް ބައްދަލު ކުރައްވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ