ފެނަކައިގެ އެމްޑީ، ރައީސް ޞާލިހުގެ އަރިހުގައި ބިލެްއްދޫގައި -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 May 2023 | 13:00
މިދިޔަ 50 އަހަރު ރާއްޖޭގެ ރައްޔިތުން ގައިންތާހިރު ވެވޭނެގޮތެއް ނެތް: ސައީދު

މިދިޔަ 50 އަހަރު ރާއްޖޭގެ ރައްޔިތުން ގައިންތާހިރު ވެވޭނެގޮތެއް ނެތް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، ބިލެއްދޫ އާ އިންޖީނުގެއާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ރާއްޖެއަށް ތިން އިންތިހާބެއް އަންނާނެ ކަމަށާއި އެއީ ރައީސް ހޮވާ އިންތިހާބާއި، މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބު ކަމަށެވެ. އަދި ތިން އިންތިހާބުގައިިވެސް ރައްޔިތުންނަށް ވައުދުވާނެ ކަމަށާއި ނަމަވެސް އެ ވައުދުތައް ފުއްދާފައިވާތަން ނުފެންނަ ކަމަށެވެ.

މީގެ ކުރިން ރައީސް އިންތިހާބަށްފަހު ރަށްށަށްވެސް ނާރާ ކަމަށާއި މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ހޮވުމުން، ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން އެ ބޭފުޅުން ވިދާޅުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އެ ހުރިހާ ކަމަކަށް ބަލައި، އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކޮށްދޭން އައި ރައީސްއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް ސައީދު ވިދާޅުވިއެވެ.

"ފާއިތުވެދިޔަ 50، 40 އަހަރު ދުވަހުގެ ތެރޭގަ ރާއްޖޭގެ ގިނަ ރައްރަށުގެ ރައްޔިތުން މިތިބީ އިންތިހާއަށް ތަކުލީފާ، ގައިން ތާހިރު ނުވެވޭނެ ގޮތް މެދުވެރިވެފަ" ސައީދު ވިދާޅުވިއެވެ.

މީގެ ކުރިން އެ ކަންކަން ފެނުނު މީހަކު، އަޑު އިވުނު މީހަކު، އަޅާލި މީހަކު ނެތް ކަމަށާއި ރައީސް ޞާލިހަށް ރައްޔިތުން ދަރަނިވެރި ވެފައި ވަނީ އެހެންވެ ކަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން ރައީސަށް ދެވަނަ ދައުރެއް ދިނުން ލާޒިމު ކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ