ރ އަތޮޅު ތަޢުލީމީ މަރުކަޒުގެ ރަންވަނަ ހޯދި ޝަދާ އާއި ޝައުފާ
ހަބަރު
28 May 2023 | 19:44
ރ އަތޮޅު ތަޢުލީމީ މަރުކަޒުގެ ރަންވަނަ ޝަދާ އާއި ޝައުފާ އަށް

2021-2022 ވަނަ އަހަރު ރ އަތޮޅު ތަޢުލީމީ މަރުކަޒުގެ މަތީ ޘާނަވީ އިން އެންމެ މޮޅު ދަރިވަރަކަށް ރ މީދޫ ދަނބުގެ، ޝަދާ މުހައްމަދު ރަމީޒު އަދި ޘާނަވީ ބައިން އެންމެ މޮޅު ދަރިވަރަކަށް، ރ. މީދޫ، ހެލެނގެލި، ޝައުފާ އަލީ ހޮވިއްޖެއެވެ.

މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމް ހާސިލް ކުރި ޝަދާ ވަނީ އޭ ލެވެލް އިމްތިހާނުގައި ބަޔޮލޮޖީ އިން ދުނިޔެގެ އެއްވަނާގައި ހިމެނިފައެވެ. 2019 ވަނަ އަހަރުވެސް ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ވެސް ޝަދާ އެވެ.

މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ތިން މާއްދާއިން އޭ ސްޓާ އަދި ދެ މާއްދާ އިން އޭ ފާސް ހޯދާ، އޭ ލެވެލްގެ ގައުމީ ގަދަ 10 ގެ ތިން ވަނައިގައި ޝަދާ ވަނި ހިމެނިފައެވެ.

ރޭގެ ޖަލްސާގައި 2021-2022 ވަނަ އަހަރުގެ ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުރިހާ ގޮތަކުން އެންމެ ރަނގަޅު ގައިޑުގެ މަގާމަށްވެސް ހޮވިފައިވަނީ ޝަދާ އެވެ.

ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމް ހޯދި ޝައުފާވަނީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ފަސް އޭ ސްޓާ އާއި ތިން އޭ ހޯދާ، އޯ ލެވެލްގެ ޤައުމީ ގަދަ 10 ގެ ހަތަރު ވަނައިގައި ހިމެނިފައެވެ.

ރ އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވުނު 2021-2022 ގެ އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ދެއްވާ ޝީލްޑާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ ޝީލްޑް އަދި ރ، އަތޮޅު ތައުލީމީ މަރުކަޒުންނާއި ރ. މީދޫ ކައުންސިލުން ދެއްވާ ޝީލްޑް ވަނީ އެ ދަރިވަރުންނަށް ހަވާލުކޮށްފައެވެ.

މީގެ އިތުރުން ރޭގެ ޖަލްސާ ގައި ވަނީ ސްކޫލު ނިންމާ، އިމްތިހާނުތަކުން ޑިސްޓިންކްޝަން އެވޯޑު އަދި ޓޮޕް އެޗީވާސް އެވޯޑު ހޯދި ދަރިވަރުންނަށްވެސް އިނާމު ހަވާލުކޮށްފައެވެ.

އަދި އޮނާލިސްޓެޑް އެވޯޑާއި ކުލާސް ޕްރައިޒް އަދި ސަބްޖެކްޓް ޕްރައިޒް ލިބުނު ދަރިވަރުންނަށްވެސް ރޭގެ ޖަލްސާގައި ޓްރޮފީ ދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.