ޕަޓީނާ އާއި އޯގަ ވާދަކުރި މެޗުގެ ތެރެއިިން
ކުޅިވަރު
28 May 2023 | 19:19
ރިސޯޓް ލީގު 2023: އޯގަ ބަލިކޮށް ގުރޫޕް އޭގެ އެއްވަނަ ޕަޓީނާއަށް!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯނުގައި މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗުގައި ގުރޫޕް "އޭ" ގައި، 4-2 ގެ ނަތީޖާއަކުން އޯގަ ބަލިކޮށް ޕަޓީނާ އިން މުބާރާތުގައި ކުޅުނު ހަތަރުވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ޕަޓީނާ އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 09 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް ވަޖީހު އެވެ. މިއީ އޯގައިގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ޕަޓީނާ އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން ނިޔާޒު އެވެ. މިއީ އެޓީމުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕަޓީނާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އޯގައިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 29 ވަނަ މިނެޓުގައި އެޓީމުގެ  

މުހައްމަދު ރިޝްފާން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މިއީ ޕަޓީނާގެ ހާފު މެދަށްވުރެ މެދުގޮނގާއި ކައިރީގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ދެމިނެޓު ފަހުން ޕަޓީނާ އިން އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ހޯދިއެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ހާފިޒް އެވެ. މިއީ އެޓީމުގެ ކީއްޕަރު މަތިމަތިން ކުރިއަށް ކުޅުނު ބޯޅައެއް އޯގައިގެ ޕެނަލްޓީ އޭރިއާ ތެެރެއިން ވަރަށް ރީއްޗަށް ކޮންޓްރޯލް ކުރުމަށް ފަހު ކީއްޕަރަށް އެއްވެސް ފުރުސަތެއް ނުދީ ތިރިތިރިން ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. 

ނަމަވެސް ޖެހިގެން އައި މިނެޓުގައި އޯގައިން އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އިރާޝް އެވެ. މިއީ އެޓީމުގެ ހާފުތެރެއިން ބޯޅައާއެކު ކުރިއަށް އަރައި ކައިރިއަށް އައި ޕަޓީނާގެ ދެކުޅުންތެރިންގެ ކައިރިން ނައްޓާލުމަށް ފަހު އެޓީމުގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އޯގައިގެ އިބްރާހީމް ރިޔާޒުއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޕަޓީނާގެ އިބްރާހީމް ވަޖީހު ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މި މެޗުގައި ޕަޓީނާއަށް ދެލަނޑު ކާމިޔާބުކޮށްދިން އިބްރާހީމް ވަޖީހު އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕަޓީނާ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، މި މެޗުން ބަލިވި އޯގަ މުބާރާތުގައި ކުޅުނު ހަތަރު މެޗުން އެޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފަސް ޓީމު ހިމެނޭ ގުރޫޕް އޭގެ މެޗުތައް އެޓީމުން ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެގެންނެވެ.

ރިސޯޓް ލީގު 2023 ގެ ނޯތު މާލޭ ޒޯނުގައި މިއަހަރު 17 ޓީމެއް ބައިވެރިވެފައި ވާއިރު، މި ޒޯނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭގޮތަށެވެ. 

މި ޒޯނުގެ ހުރިހާ މެޗެއްވެސް ވަން އެންޑް އޮންލީ ރީތިރަށުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ގުރޫޕް "އޭ" ގައި ފަސް ޓީމު ހިމެނޭއިރު، އަނެއް ތިން ގުރޫޕްގެ ތެރެއިިން ކޮންމެ ގުރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.