ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: އެމްޑީޕީ
ހަބަރު
29 May 2023 | 09:38
ރައީސް ޞާލިހަކީ "ކަނޑު ފޭރޭ ޗޯރު" ކަމަށް ސިފަކޮށް ޗެނަލް-13އިން ދެއްކި ލަވަތަކެއްގެ މައްސަލަ ބަލަނީ

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަކީ "ކަނޑު ފޭރޭ ޗޯރު" ކަމަށް ސިފަޗާގޮތަށް ޗެނަލް-13 އިން ގެނެސްދެމުންދާ 3 ލަވައެއްގެ މައްސަލަ ބަލަންފަށައި ޖަވާބުދާރީވާން އަންގައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަށް ފާޑުކިޔައިވޗެނަލް13އިން ގެނެސްދެމުން އައި "ކަނޑު ފޭރޭ ޗޯރު އިބޫ"، " ލުޓޭރު އިބޫ" އަދި "ފެލާލައިފި" ލަވަ ގެނެސްދިނުން ހުއްޓާލުމަށް ބްރޮޑްކޮމްއިން ވަނީ އަންގާފައެވެ.

މީޑިޔާ ރިންގްގެ އެމްޑީއަށް އެޑްރެސްކޮށް ބްރޮޑްކޮމްއިން ފޮނުވި ސިޓީގައި ވަނީ މިމަހުގެ 22 ވަނަ ދުވަހުގައި ޗެނަލް13އިން ދެއްކި ތިން ލަވައަކީ މުޖުތަމައުގެ އަދަބު އަޚުލާޤުގެ މިންގަނޑުކަމަށް އާންމު ގޮތެއްގައި ޤަބޫލުކުރެވޭ މިންގަނޑުތަކާ ޚިލާފު އަދި އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތް ބޭނުންކޮށްފައިވާ ލަވަތަކެއް ކަމަށެވެ.

އޭގެ އިތުރަށް އެއީ ކޯޑް އޮފް ޕްރެކްޓިސްގައި ބަޔާންކުރާ މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަތަ އިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓުކުރުންކަމަށްވެސް ބުނެފައިވެއެވެ.

އަދި އެ ލަވަތައް ހުށަހެޅުމަކީ، ޚަބަރާއި ކަރަންޓް އެފެއާޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދިނުމާއި ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރުމުގެ ހަމައާ ޚިލާފުކަމެއް ކަމަށްވެސް ބްރޯޑްކޮމްގެ ސިޓީގައި ބުނެފައިވެއެވެ.

އެ މައްސަލަ ކޮމިޝަނުން ބަލަމުން އަންނަނީ އެމައްސަލައަށް 12 ޖޫންވާ ހޯމަދުވަހުގެ 14:00ގެ ކުރިން ޖަވާބުދާރީވުމަށް ޗެނަލް-13އަށް ބްރޯޑްކޮމްއިން ފުރުސަތު ދީފައިވެއެވެ. ލިޔުމުން ޖަވާބުދާރީވަން އެދިފައިވާއިރު އެ މުއްދަތުގައި ޖަވާބުދާރީނުވެއްޖެ ނަމަ ލިބިފައިވާ ހެކިތަކުގެ މައްޗަށް ބަލައި ގޮތެއް ނިންމާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވަކި އަތަކަށް ބުރަނުވެ ހަބަރާ މައުލޫމާތު ގެނެސްދިނުމަށް ވެސް ބްރޮޑްކޮމްއިން އަންގާފައިވެއެވެ. ބްރޮޑްކޮމްއިން މިހެން އަންގާފައިވާއިރު އެއީ ޗެނަލް-13 އިން ސަރުކާރު ޒިންމާދާރު ކުރުވަން ކުރާ މަސައްކަތަށް ހުރަސްއަޅަމުން ގެންދާ ލިއުމެއްގެ ގޮތުގައި އެ ޗެނަލުން ސިފަކުރެއެވެ. 

ޖާވާބުދާރީވުމަށް ދީފައިވާ ފުރުސަތުގައި ޖަވާބު ނުދެވިއްޖެނަމަ ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ބްރޮޑްކޮމްއިން ދީފައިވާއިރު މީގެ ކުރިންވެސް ސަރުކާރުންވަނީ އެ ޗެނަލްގެ ކޮންޓެންޓުތަކެއް ހުއްޓުވާ ފިޔަވަޅުއަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.