މެމްބަރު ވަހީދު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
29 May 2023 | 12:05
ކުރި ވައްކަން ނުބަލާ ލަދު ހަޔާތަށް ޒީރޯ ޓޮލަރެންސް ދިނީމާ "ޗޯރު އިބުރޭ" ގޮވާނެ: ވަހީދު

މި ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަށް ނުބަލާ، ވައްކަމާއި ކޮރަޕްޝަނަށް ދެއްވާނެކަމަށް ވިދާޅުވި ޒީރޯ ޓޮލަރެންސް ޕޮލިސީ ތަންފީޒު ނުކުރައްވާ ހުންނެވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" އޭ ކިޔައި ގޮވާނެކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. މިއަދުގެ ޖަލްސާއަށް ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ހުށައެޅުއްވި ޗެނަލް-13 އަށް އިންޒާރުދިން މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން ވަނީ މެމްބަރުންގެ މެދުގައި ބަހުސެއް އުފެދިފައެވެ. 

އެ މައުލޫއަށް ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ، ހަނު ހުންނަވާނަމަ ރައީސް ޞާލިހަށް ނިސްބަތްކުރައްވާ "ޗޯރު އިބުރޭ" އޭ ގޮވާނެކަމަ ށެވެ. 

"ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވާނަމޭ ކިޔާފަ ވަޑައިގެން ވައްކަން އިންތިހާއަށް ކޮރަޕްޝަން އިންތިހާއަށް ފުޅާކުރައްވާ ވައްކަމުގެ އެއްވެސް މައްސަލައެއް ނުބައްލަވާ ލަދު ހަޔާތަށް ޒީރޯ ޓޮލަރެންސް ދެއްވީމާ ޗޯރު އިބުރޭ ކިޔާނެ" 

މެމްބަރު މުހައްމަދު ވަހީދު 

ވައްޑޭގެ ވާހަކައިގައި ވަނީ ރައީސް ޞާލިހުއަށް ނިސްބަތްކޮށް ބައެއް ވަނަންތައް އާންމު ރައްޔިތުން ކިޔަމުންދާ ސަބަބުތަކަށް އަލިއަޅުވާލައްވާފަ އެވެ. 

"އަމީނީ މަގުގެ މަސައްކަތް ޗައިނާގެ ބޮޑު ފާރަށްވުރެ ސްލޯވެގެން ދިޔައިމާ ސްލޯލިހު ކިޔާނެ މީހުން. ޕޯޑިއަމަށް އަރާވަޑައިގެން ވަރަށް ކޮށިކޮށް ވެސް ޑިޓޮކްސިފިކޭޝަން ނުކިޔުއްވިގެން އުޅުއްވީމާ ނުކިޔަވާ އިބޫ އޭ ވެސް ކިޔާނެ" 

މެމްބަރު މުހައްމަދު ވަހީދު 

ވަހީދު ވިދާޅުވީ ސިޔާސީ ކަންކަމަށް ނިކުންނަން ވާނީ ވަނަން ވެސް ކިޔާނެކަން ދަނެގެން، އެފަދަ ކަންކަން ހަޖަމު ކުރެވޭވަރުގެ ގާބިލުކަން ހުރެގެން ކަމަށެވެ. 

ރައީސް ޞާލިހަށް ތާއީދުކުރައްވާ ބޭބޭފުޅުން ވަގު އެކައުންޓުތައް ހަދައިގެން އެމްޑީޕީން ފެޔަށް ޖެހުނު މެމްބަރުންނާއި ދިމާލަށް ހުތުރު އެއްޗެހި ގޮވަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެކަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެންކަން ވެސް އެނގިލައްވާކަމަށް ވަހީދު ވިދާޅުވި އެވެ. 

އެހެން ނަމަވެސް ރައީސް ޞާލިހަށް ނިސްބަތްކޮށް އެއްޗެއް ބުނީމާ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ބަޔަކު ހިފަހައްޓާ އޮބިއަޅުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ ޑިމޮކްރަސީއާއި ވަރަށް ބީރައްޓެހި ސިފަތަކެއްކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.