ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު--ފޮޓޯ/ މަޖިލިސް
ހަބަރު
29 May 2023 | 12:09
ލޯފަން މީހުންނަށް ވޯޓު ލެވޭގޮތަށް ހަދާފައިވާ ޓެމްޕްލޭޓް ދައްކާލައިފި

އިންތިހާބުތަކުގައި އެހީތެރިޔަކާ ނުލައި ލޯފަން މީހުންނަށްވެސް ވޯޓު ލެވޭ ގޮތަށް ހަދާފައިވާ ކަރުދާހުގެ ޓެމްޕްލޭޓްގެ ސާމްޕަލްއެއް ދައްކާލައިފި އެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިޔަކާ ނުލާ ވޯޓު ލެވޭނެ ގޮތް ހަދަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހުމޫދު ވަނީ ލޯފަން މީހުންނަށް ވޯޓްލެވޭ ގޮތަށް ހަދާފައިވާ ޓެމްޕްލޭޓް އޮންނަ ގޮތް ދައްކަވާލައްވައި އޭގެ ތަފްސީލު ދެއްވައިފަ އެވެ.

ޖީހާން ވިދާޅުވީ ގާނޫނުގައި މިހާރު އޮތް ގޮތުން، ލޯފަން މީހުން ވޯޓުލާން ޖެހޭނީ މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށާއި އޭގެ ސަބަބުން ގާނޫނުން ކަށަވަރުކޮށްދޭ އެތައް ހައްގެއް ލޯފަން މީހުންނަށް ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން މި އިސްލާހާއި އެކު އެ މައްސަލަ ހައްލު ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ބޭނުމަކީ ފެނުމުން މަހުރޫމްވެފައިވާ މީހުން އެ ޓެމްޕްލޭޓް މަތީގައި އަތް ޖައްސާލައިގެން ބޭނުންވާ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަ ޖަހަން ފަހިކޮށްދިނުން. މިއީ ވޯޓު ލާ ކަރުދާހުގެ ސައިޒަށް އޮންނަ ޕްލާސްޓިކް ގަނޑެއްގައި އަރިމަތީގައި ނަންބަރުތަކާ ދިމާލަށް ކަނޑާ ނަގާފައި މި ވަނީ ރަސްގެއެއްހެން ފާހަގަޖަހަންވީ ދިމާ. މިހެން އޮތުމުގެ ސަބަބުން މި ޓެމްޕްލޭޓަކީ ވޯޓު ކަރާދާހަ އެއްވަރު، އެތެރެ ފެންނަ ޕްލާސްޓިކް ވަސީލަތެއް. އެހެންވީމާ ކޮންމެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަސްގެ ނުވަތަ ރަނގަޅިު ފާހަގަ އެވަނީ ޓެކްޓައިލް ކުރެވިފަ. މި ހިނދުން މި ޓެމްޕްލޭޓް ބޭނުންކޮށްގެން ބޭނުންވާ ކެންޑިޑޭޓުގެ ނަމާ ދިމާލުގަ ގަލަމުން ފަވާލުމުގެ ފުރުސަތު ފެނުމުން މަހުރޫމްވެފައިވާ ފުރުސަތުތަކަށް ލިބިގެންދާނެ، އަދި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންވާ ދިމާނޫން އެހެން އެެއްވެސް ފަރާތެއްގައި ގަލަމުން ފެވުމުގެ ފުރުސަތުވެސް ނެތިގެންދާނެ،" ޖީހާން ވިދާޅުވި އެވެ،

ލޯފަން މީހުން ވޯޓުލުމަށް ތައްޔާރުކޮށްފައިވާ ޕްލާސްޓިކް ހާއްސަ ޓެމްޕްލޭޓު: މި ޓެމްޕްލޭޓް މަޖިލީހުގައި މިއަދު ވަނީ ދައްކާފައި-- ފޮޓޯ/ މަޖިލިސް

މި ބިލުގައި ވާގޮތުން ލޯފަން މީހާގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އެގޮތުން، ވޯޓު ކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމުން ވޯޓުލާން ހާޒިރުވި މީހާ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ވޯޓިން ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓު ކަރުދާހުގައި ފާހަގަ ޖަހައި ވޯޓު ފޮއްޓަށް އެ ވޯޓު ކަރުދާސްކޮޅު ވައްޓާލަން ދެން އިލެކްޝަންސް ކޮމިޝަންގެ އެއްވެސް އޮފިޝަލަކު ނުވަތަ އެނޫންވެސް އެއްވެސް ފަރާތަކުން އެތަނުގައި ހާޒިރުވެ ހުރެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.