އެމްޕީ އަލީ ނިޔާޒް
29 May 2023 | 22:17
ޙިިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްނަމަ ވަކިވި މެމްބަރުނަށް މަޖިލީހަށް ނުވަދެވޭނެ: ނިޔާޒް


ޙިޔާލު ފާޅުކުރުުމުގެ މިނިވަންކަމާއި ސިޔާސީ މިނިވަންކަން ނެތްނަމަ އެމްޑީޕީ އިން ވަކިވި 12 މެމްބަރުން ތިއްބަވާނީ މަޖިލީހަށް ނުވަދެވިފައި ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިހެން ވިދާޅުވެފައި ވަނީ މިއަދުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނިޔާޒް ވިދާޅުވީ އިންތިޚާބެއްގެ ސައްހަކަން ކަށަވަރުކުރެވެނީ ވަށައިގެން ހުންނަ ހުރިހާ ކަމަކާ އެކުގައިކަމަށެވެ.  އެހެންކަމުން, އިންތިޚާބު ބާއްވަން ތިން މަސް ދުވަހަށް ވެފައިވާއިރު، މިއަދު އިންތިޚާބަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނެތްކަމަށް އޭނާ ވިދާޅުވިއެއެވެ. އަދި އިންތިޚާބަށް ހުރަސްއެޅޭ ކަަމަށް ބުނެ ބައެއް ފަރާތްތަކުން މަސައްކަތްކުރަނީ ކޮން މިނިވަންކަމެއް ނުލިބިގެންތޯ އޭނާ ސުވާލުކުރެއްވިއެވެ.

"2018  ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް ދިޔައިރު، އިންތިޚާބަށް ކުރިމަތިލާން ހިތު ނިޔަތް ގަތަ މީހަކު ވިޔަސް ހުރީ ޖަލުގައި، މިއަދު އެހްންތޯ? މިއަދު ކިތައް ކެނޑިޑޭޓުންތޯ އެތިއްބެވީ، ސަރުކާރުގެ ތެރޭގަ ތިއްބެވި ބޭފުޅުވެސް އެކަމުފެ ޝައިޤުވެރިކަން އޮތީމަ އެކަން ކުރައްވަނީ، ޕާޓީގައި ތިއްބަވައިގެން ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފަހު ނާކަމިޔާބުވެވަޑައިގަތުމުން، ވަކިން ޕާޓީއެއް ހައްދަވައިގެންވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ މަސައްކަތް ދަނީ ކުރައްވަމުން" 

ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ އެކަން އެގޮތަށް ކުރެވެނީ އެ މާހައުލު ފަހިކޮށްދީފައި އޮތުމުން ކަަމަށާއި، އެހެން ނޫންނަމަ އެމްޑީޕީން ވަކިވި 12 މެންބަރުންނަށް މަޖިލީހަށް ނުވަދެވޭނެކަަމަށް އޭނާ ވިދާޅުވިއެވެ. 

މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒް އިތުރަށް ވިދާޅުވީ މިއަދު މަޖިލީހުގައި އެމްޑީޕީން ވަކިވި މެންބަރުން ތިބީ މިނިވަންކަމާއެކު ޑިމޮކްރަސީގެ ވާހަކަދައްކަން ކަމަށެވެ. މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކްރަސީގެ ހަމަކަމަށާއި އެ ވާހަކަ ދެއްކުމުން، އެއީ ހިޓުލަރުގެ އުސޫލު ކަމަށް ބުނުމަކީ ފަހަތަށް ދިއުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ކުރިއާ ޚިލާފަށް، ސިޔާސީ ގޮތުން ފާޑުކީ އެއްވެސް މީހަކާމެދު ފިޔަވަޅު ނާޅާކަމަށް ނިޔާޒް ވިދާޅުވިއެވެ. ނިޔާޒް ވަނީ ޑިމޮކްރަސީގައި އިންތިޚާބުގެ ނަތީޖާ ބަލައިގަންނަން އެނގެންޖެހޭ ކަމަށާއި އެކަން ކުރެވެން ވާނެ ކަަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.