ހަރުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި އަމްރު އަދި މެމްބަރު މުހައްމަދު ރަޝީދު/ ފޮޓޯ:ދެޏް
ހަބަރު
29 May 2023 | 20:27
އެމްޑީޕީގެ މައި ހަރުގެ ދަ ޑިމޮކްރަޓްސް އަށް

ވެރިކަން ކުރާ އެމްޑީޕީ އިން މައި ހަރުގެއެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ މައި ހަރުގެ، އަލަށް އުފެދުނު ދަ ޑިމޮކްރަޓްސްގެ ހަރުގޭގެ ގޮތުގައި މިއަދު ހުޅުވައިފިއެވެ.

ހަވީރު އެކަމަށް ބޭއްވުނު ރަސްމިއްޔާތެއްގައި ދަ ޑިމޮކްރަޓްސް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ވަނީ އެމްޑީޕީ އިން އެތަން ބޭނުން ކުރި އިރު ދަމާފައި ހުރި ޕޯސްޓަރު ތަކާއި ބެނާތައް ނެގުމުގެ މަސައްކަތް ފަށައިފައެވެ. އަދި އެމްޑިޕީގެ ކުލަ ކަމަށްވާ ރީނދޫ ކުލަ ފިލުވުމަށް ދަ ޑިމޮކްރެޓްސް ގެ ކުލަ ކަމަށްވާ މަޑު ނޫކުލަ ލާން ފަށައިފައިވެސް ވެއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ ޢަދަދަށް ފޯމު ފުރުމަށް ބޭނުންވާ ގޮނޑި އާއި މޭޒު އެތަނުގައި ޖަހައި އެމަސައްކަތް ވެސް ވަނީ ފަށައިފައެވެ.

އެމްޑީޕީ ގެ ތެރޭގައި ތިބި ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ތަކެެއް އެ ޕާޓީއިން ވަކިވެ އުފެއްދުމަށް މަސައްކަތް ކުރަމުންދާ ޕާޓީ އުދެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ.

ހަރުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ހާޒިރުވި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ހަރުގެ ހަދާފައި ހުރި ބިމުގެ ވެރިޔާ ޝަފިއްޔާ ބުނީ އެ ބިން މިހާރު އަމިއްލަ ވިޔަފާރިވެރިއަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އެއީ އެ ވިޔަފާރިވެރިޔާ އެހެން ބަޔަކަށް ވެސް ކުއްޔަށް ދެވޭ ގޮތަށެވެ. ޝަފިއްޔާ ބުނީ ދަ ޑިމޮކްރެޓްސްއާ އޭނާއާ ދެމެދު އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށެވެ.

އެހުއްދަ ލިބުމާއި އެކު އެ ޕާޓީ އިން ދަނީ ޕާޓީ ރެޖިސްޓަރ ކުރުމަށް ބޭނުންވާ 3000 ހަމަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.