ސުވާލަކީ ކޮބާ ޕްރޮގްރާމެއްގައި ޝެއިޚް އަލީ ޒާހިރު ވާހަކަދައްކަވަނީ-- ފޮޓޯ/ ދާރިސް ޓީވީ
ހަބަރު
30 May 2023 | 09:23
މީހުން ހިތްހަމަނުޖެހޭ ލަގަބުތައްދީ، ނަންނަމުން ކިޔުމަކީ ދީނުގައި ހުއްދަ ކަމެއް ނޫން: ޑރ.ޢަލީ ޒާހިރު

މީހުންނަށް، އެމީހުން ހިތްހަމަ ނުޖެހޭ ނަންނަމުން ގޮވައި، އެފަދަ ލަގަބުތައް ދިނުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް ރާއްޖޭހެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" ކިޔައި ޗެނަލް-13 ގެނެސްދިން ލަވަތަކެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލާތީ ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ މަޖިލީހުން ބޭރުކޮށްލި ނަމަވެސް ގިނަ މެންބަރުންތަކެއް ވަނީ މަޖިލީހުގެ ތަޅުމުގައި އެ ބަހުސް ކުރައްވާފައެވެ. 

އެގޮތުން ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން އެފަދަ ކަންކަމާއި ދެކޮޅު ހަދައި އެކަން ކުށްވެރިކޮށް ވާހަކަ ދައްކަވާފައިވާއިރު، ދާދިފަހުން އެމްޑީޕީން ވަކިވެވަޑައިގެންނެވި ބައެއް މެންބަރުން ވަނީ އެފަދައިން ކިޔޭނެ ކަމަށާ، އެމްޑީޕީ ވެރިކަމަށް އައީވެސް ވެރިކަން ކުރަމުން އައި އެކި އެކި ފަރާތްތަކަށް ވަނަން ކިޔައިގެން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިހު ވެސް ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީން ރައީސް ޔާމީނަށް ނަން ނަމުން ކިޔުއްވައިގެން ކަމަށާ، އެއީ ސިޔާސީ އުކުޅެއް ކަމަށް ވިދާޅުވި އެވެ. 

އަދި "ޗޯރު އިބުރޭ" ގޮވާތީއޭ ކިޔައި ހަމައިން ނެއްޓިގެން ދިއުމަކީ ޑިމޮކްރަސީގައި ފަހަތަށް އަޅާ ފިޔަވަޅެއްކަމަށް މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ. 

"ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ކަރު ކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާޣީ ވަހީދު، ކުރީގެ ރައީސް އަބްދުالله ޔާމިނަށް ރާގޮނޑި ރާޖާ.. މި ނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގަޔާއި އެކި ތަންތަނުގައި އެކި ގޮތްގޮތަށް ކިޔާފައި" 

ރައީސް މުޙައްމަދު ނަޝީދު 

އެކަންކަމާއި ގުޅުވައި، ރޭ "ދާރިސް" ޓީވީން ގެނެސްދިން "ސުވާލަކީ ކޮބާ؟" ޕްރޮގްރާމްގައި ބެލުންތެރިއެއް ވަނީ އެފަދަ ކަންކަމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ ސުވާލުކޮށްފައެވެ. 

އެ ސުވާލުގެ ޖަވާބުގައި، ޑރ. ޢަލީ ޒާހިރު ވިދާޅުވީ، ހަގީގަތާއި ޚިލާފް ވާހަކަ ދައްކައި، މީހުންނަށް މަލާމާތްކޮށް، ފުރައްސާރަ ކުރުމަކީ ދީނީ އަޚްލާގާއި ޚިލާފު ކަމެއް ކަމަށެވެ. 

"ކީރިތި ޤުރުއާނުގައި الله ވަހީ ކުރައްވަނީ، ލަގަބު ތަކުން މީހުންނަށް ނުގޮވާށޭ. އެހެންވީމާ، މީހުން ހިތްހަމަ ނުޖެހޭ ފަދަ ލަގަބުތައް ދީގެން ނުވާނެ. އެއީ ދީނުގައި ހުއްދަ ކަމެއް ނޫން. ވަކިމީހަކަށް ނޫން. އެއްވެސް މީހަކާއި ދިމާއަށް. އެއީ މީހެއްގެ އަބުރަށް (އެރުން). މީހެއްގެ އަބުރަށް އަރައިގަތުން އިސްލާމްދީނުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ، ހަރާމް ކުރައްވާފައިވާ ކަމެއް. އެކަހަލަ ކަންތައް ކޮށްގެން ނުވާނެ އެއީ ކޮންމެ ވަޒީފާއެއް އަދާކުރާ މީހެއް ކަމުގައި ވިޔަސް. 

ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

މިއާއެކު ޝެއިޚް ވިދާޅުވީ ވެރިން ވިޔަސް އާދައިގެ މީހެއް ނަމަވެސް، އެމީހުންނަށް އިސްލާމް ދީނުގައި ހައްގުތަކެއް ލިބިދީފައިވާ ކަމަށެވެ.

މީގެ އިތުރުން ޝެއިޚް ވިދާޅުވީ، ވެރިންނަށް ވުމުން އެމީހުންގެ ބޮލުގައި ވަރަށް ގިނަ ޒިންމާތަކެއް އެޅުވިފައިވާ ކަމަށާ، ވެރިން ހަވާލުވާންޖެހޭ އަމާނާތް ތަކަކާއި، އެމީހުން އެހެން މީހުންނަށް އަދާކުރައްވަންޖެހޭ ހައްގު ތަކެއްވެސް ވާކަމަށެވެ. އަދި އެމީހުންނާއި ހަވާލުކުރެެވިފައިވާ ޒިންމާއާއި މެދުގައި ގިޔާމަތް ދުވާހުން ސުވާލު ކުރެވޭނެކަންވެސް ޝެއިޚް ވަނީ ހަނދާންކޮށްދެއްވާފައެވެ. 

ކޮމެންޓް
އެހެންދޯ
ވަކި ސަރުކާރެެއް ވީމަ މިސަރުކާރު ނިމުނީމަ ހުއްދަވާނެ
30 May 2023
ގުޅޭ ލިޔުންތައް
26 Sep 2026
ނޭޕާލަށް ނިސްބަތްވާ ދެ މީހަކު ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައެއް
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ނޭޕާލުގެ ދެ މީހަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ތިން ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. ދެ މީހުން ވެސް މިހާރު ތިބީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ