ލޯފަން މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާގެ މެންބަރުން-- ފޮޓޯ/ ވޮއިސް
ހަބަރު
30 May 2023 | 16:39
ލޯފަން މީހުނަށް މިނިވަންކަމާއި އެކު ވޯޓުލެވޭ އިސްލާޙް މަޖިލީހަށް ބަލައިގަނެފި

ލޮލުގެ ފެނުމުން މަޙްރޫމް ވެފައިވާ މީހުންނަށް މިނިވަންކަމާއި އެކު ވޯޓުލެވޭނެ ގޮތަށް އިންތިޚާބާއި ބެހޭ ޤާނޫނަށް ގެނައުމަށް މަޖިިލީހަށް ހުށަހެޅުނު އިސްލާހު މަޖިލީހުން ބަލައިގަނެފިއެވެ. މިއިސްލާހު މަޖިލީހަށް ބަލައިގަނެ ކޮމެޓީއަށް ފޮނުއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނަށް ހުށަހެޅުނު ލޯފަން މީހުންގެ ވޯޓް ލުމާއިބެހޭ އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ.

އިސްލާޙް ހުށަހަޅުއްވައި ޖީހާން ވަނީ ލޯފަން މީހުން ވޯޓްލުމުގައި ބޭނުން ކުރާނެ ޚާއްސަ ޓެމްޕްލޭޓެއް މަޖިލީހާ ހިއްސާކޮށްފައެވެ. އެ ޓެމްޕްލޭޓް މެދުވެރިކޮށް ލޮލަށް ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް ފަސޭހަކަމާއެކު އިތުރު މީހެއްގެ އެހީއާއި ނުލާ އިންތިހާބުގައި ވޯޓްލެވޭނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

އިތުރު އެހީތެރިޔަކާ ނުލައި ވޯޓް ލުމުގެ ކުޅަދާނަކަން ލިބިފައިވާ ނުވަތަ ޖިސްމާނީ އެހެން އުނދަގުލެއްނެތް ހަމައެކަނި ލޯފަން މީހުން ވޯޓްލުމުގައި ބޭނުންކުރާނެ ޓެމްޕްލޭޓްގެ މައުލޫމާތު ހިއްސާ ކުރައްވައި ޖީހާން ވިދާޅުވީ އެ ޓެމްޕްލޭޓަކީ ވަގުތީ ގޮތުން ވޯޓް ކަރުދާސް އޭގެ ތެރެއަށް ލައްވާލެވޭ ނުވަތަ ވަގުތީ ގޮތުން ކަރުދާސް އޭގެ މަތީގައި ބޭއްވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޓެމްޕްލޭޓެއް ކަމަށެވެ.

އެގޮތުން އެ ޓެމްޕްލޭޓްގައި ކޮންމެ ކެންޑިޑޭޓަކަށް ވޯޓް ދިނުމަށް ފާހަގަ ޖަހަންޖެހޭ ދިމާލުގައި ކަނޑާ ނަގާފައި އޮންނާނެ ކަމަށް ޖީހާން ވިދާޅުވިއެވެ. އަދި އެ ޓެމްޕްލޭޓްގައި ވޯޓްދޭ ކެންޑިޑޭޓަކަށް ފާހަގަ ޖެހުމަށް ރަސްގެއަކަށް ވާހެން ކަނޑާނަގާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖީހާންގެ އެ އިސްލާހުގައި ބުނެފައިވަނީ ވޯޓް ކަރުދާސް އަދި ވޯޓްލާ ޓެމްޕްލޭޓް ދޫކުރާ ހިސާބުން ފެށިގެން ވޯޓް ކަރުދާސް ވޯޓް ފޮއްޓަށް ވައްޓާލުމާ ހަމައަށް އިލެކްޝަންސްގެ އެއްވެސް އޮފިޝަލަކު އެހީތެރިވެގެން ނުވާނެ ކަމަށާއި އެތަނުގައި ހާޒިރު ވެ ހުރެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ލޯފަން މީހާގެ ވޯޓްގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މިއަދުގެ މަޖިލީހުގައި ވަނީ އެބިލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފައެވެ. އަދި ކޮމިޓީގެ ބައްދަލުވުމުގައި ހުރިހާ މެމްބަރުންވެސް އިސްކަމެއް ދެއްވަމުން ދިޔައީ ބިލް އޮތް ގޮތައް ފާސްކުރުމަށެވެ. އެގޮތުން އިތުރު އިސްލާޙަކާއި ނުލައި ބިލް އޮތް ގޮތައް ބަލައި ގަތުމަށް މެމްބަރުން ވަނީ ތާއީދު ކުރައްވައިފައެވެ.

"މި މަޖިލީހަށް ލޯފަންކުދިން، އައިސް، އަޅުގަނޑުމެނާއި ވާހަކަ ދައްކައި އަންނަ އިންތިޚާބަށް މިކަން ވާނެ އެމީހުނަށް ވާނެ ގޮތެއް ހަދައި ދިނުމަށް ހުރިހާ ސިޔާސީޕާޓީ އެއް ކައިރީގައި އެދިފައިވަނީ، ދެން އަޅުގަނޑުމެން އެެއްބަޔަކު އަނެއް ބަޔަކާއި ދޭތެރެގައި މައްސަލަތަކެއް ހުއްޓަސް، މި ބާވަތުގެ ކަމެއްގައި އަޅުގަނޑުމެން އެއްބަހެއް ކިޔައިގެން ނިންމާލެވޭ ކަމީ އަޅުގަނޑު މިއަދު އުފާވާކަމެއް" މުޅިމަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އެ ބިލަށް އިސްލާހު ހުށައުމަށް މާދަމާގެ 9:00 ހަމައަށް މެމްބަރުން ނަށް ވަނީ ހުޅުވައިލެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.