ހަރުގޭގެ ކުލަ ބަދަލު ކުރަނީ/ފޮޓޯ: ދެން
ހަބަރު
31 May 2023 | 09:51
އެމްޑީޕީ އިން ހަރުގެ އަތުލުން ހުއްޓުވަން އަމުރު ހޯދުމަށް ހުށައެޅުމުން އަމުރެއް ނުލިބުނު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން އެޕާޓީގެ މައި ހަރުގެ ހިންގަމުން ދިޔަ ތަން އަތުލުން ހުއްޓުވަން އަމުރު ހޯދުމަށް ސިވިލް ކޯޓަށް ހުށައެޅުމުން އެކޯޓުން އެގޮތަށް އަމުރު ނެރެދިނުމާއި ދެކޮޅު ހަދައިފިއެވެ.

ހެންވޭރު އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެބިން ހަރުގެ ހިންގުމަށް އެޕާޓީ އަށް ދޫކުރީ އެޕާޓީގެ ކުރީގެ މެންބަރު ޝަފިއްޔާ ޒުބައިރެވެ. ކުއްޔަށް ދިނުމަށް ހެދުނު އެގްރިމެންޓްގައި ވާ މުއްދަތު ހަމަވި ނަމަވެސް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކަންކަން ނިމުމާއި ހަމައަށް އެތަން ބޭނުންކުރުމުގެ ހުއްދަ އަނގަބަހުން ޝަފިއްޔާ ދީފައި ވާކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީ ދެފެކްޝަނަށް ބައިވެ، ޙިޔާލު ތަފާތުވުންތައް އިތުރުވެފައި އޮތް ދަނޑިވަޅު، 31 މާޗް ގައި ބިމުގެ ވެރިފަރާތުން ވަނީ ހަރުގެ ހިންގަމުން ދިޔަ ބިން އަތުލައިފައެވެ.

އަދި ފަހުން ފެނިގެން ދިޔައީ އަލަށް އުފައްދައި ރަޖިސްޓަރ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސް ގެ ހަރަކާތްތައް ހިންގުމަށް އެތަނުގެ ބޭނުން ކުރަން ފެށުނު މަންޒަރެވެ.

އެތަނުގައި ހުރި ރައީސް ޞާލިޙްގެ ބެނާތަކާއި ޕޯސްޓަރު ތައް ނައްޓައި ތަނުގެ ކުލަ ދަ ޑިމޮކްރެޓްސް ގެ ކުލަ ކަމަށް ވާ މަޑު ނޫކުލައަށް ބަދަލު ކުރުމުގެ މަސައްކަތަ ވެސް ވަނީ ފަށައިފައެވެ.
އެމްޑީޕީއިން ބުނެފައިވަނީ މިއީ، ސިވިލް ކޯޓުގައި އޮތް ޝަރީއަތް ނިމުމުގެ ކުރިން ޕާޓީގެ މުދަލަށް ގެއްލުން ދިނުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ