ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް
ހަބަރު
31 May 2023 | 11:55
ރައީސް ނަޝީދުގެ އޯޝަން ވީކްލީގެ ނަމުގައި ޓީވީ ޗެނަލެއް ހަދައިފި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ނެރެމުން އަންނަ މަޖައްލާއެއް ކަމަށްވާ އޯޝަން ވީކްލީ އިން, އެ ނަމުގައި ޓީވީ ޗެނަލެއް ހަދައިފިއެވެ.

މިއަދު ޕްރޮގްރާމްތައް ދައްކަންފެށި އޯޝަން ވީކްލީ ޗެނަލް މިހާރު ފެންނަނީ ހަމައެކަނި ޔޫޓިއުބް އާއި ފޭބުކް އިންނެވެ. މިއީ ކޮންކަހަލަ ޕްރޮގްރާމްތަކެއް ގެނެސްދޭ ޗެނަލެއްކަން އެ ޗެނަލުން އަދި ހާމަ ކޮށްފައި ނުވި ނަމަވެސް މަޖިލީހުގެ ޖަލްސާ އެ ޗެނަލުން ލައިވް ކުރެއެވެ. އަދި ބެލެވޭ ގޮތުގައި މިއީ ބޮޑަށް ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭ ޚަބަރުތައް ގެނެސްދޭނެ ޗެނަލެކެވެ. 

އޯޝަން ވީކްލީ ޗެނަލް ގެ ޕްރޮގްރާމެއް

އެހެނީ ނަޝީދުގެ އޯޝަން ވީކްލީ މަޖައްލާ އިން ވެސް އާއްމު ގޮތެއްގައި ހުންނަނީ އެފަދަ ޚަބަރު ތަކެވެ. އެގޮތުން ސަރުކާރަށް ފާޑުކިޔައި ލިޔެފައިވާ ލިޔުންތައް އެ މަޖައްލާގައި ގިނަ ކަން ފާހަގަކޮށްލެވެއެވެ. 

ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް އެމްޑީޕީގެ ނަޝީދުގެ ފެކްޝަނުން އައު ޕާޓީއެއް އުފައްދައި ރިޔާސީ އިންތިހާބުގައި އެޕާޓީގެ ކެންޑިޑޭޓެއް ވާދަކުރާނެކަންވެސް އިއުލާން ކޮށްފައިވާއިރު، ޕްޓީގެ ގިނަ މެންބަރުންގެ ޝަކުވާ އަކީ ރާއްޖޭގެ މީޑިއާތައް ސަރުކާރުން "ގަނެލާފައިވާ" ވާހަކައެވެ. އަދި ސަރުކާރު ހިންގާ އެމްޑީޕީ އާއި އެ ޕާޓީއަށް ތާއީދުކުރާ ޕާޓީތަކަށް ފިޔަވައި އެހެން ޕާޓީ ތަކަށް މީޑިއާ ތަކުން ފުރުސަތު ނުލިބޭ ކަމަށްވެސް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އެހެންކަމުން، އޯޝަން ވީކްލީ ޗެނަލަކީ އެ ޕާޓީ ހިޔާލާއި، ސިޔާސަތުތައް އާއްމުންނަށް އެންގުމަށް ހެދިފައިވާ ޗެނަލެއް ކަމަށްވެސް ބެލުމުގެ ފުރުސަތު އެބައޮތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ