ފުލުހުން އެހެން މައްސަލައެއްގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި/ފޮޓޯ: ފުލުހުން
ހަބަރު
31 May 2023 | 11:29
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި 4 މީހަކު ހައްޔަރުކޮށްފި

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ 4 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ޕާކިސްތާނުގެ މިސްބާހް ބީބީ(32 އަހަރު)، ނަޢީމް ޠާރިޤް(32 އަހަރު)، ހަވާރް ހުސައިން(36 އަހަރު) އަދި ޝަހްޒާދު ހުސެއިން (36 އަހަރު)އެވެ.

އެމީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ދިރުވާލައިގެނެވެ.

އެ 4 މީހުން ހައްޔަރުކުރުމަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އެ މީހުން ރާއްޖެއަށް އައިއިރު، ހަރަކާތްތައް ހުރި ގޮތުން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވުނު ކަމަށެވެ.

އެހެންކަމުން އެ މީހުން އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ކުރި އިރު ހަށިގަނޑު ތެރޭގައި އެއްޗެހިތަކެއް ހުރިކަން ދެނެގަނެވުނު ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

އިއްޔެ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް، އެމީހުންގެ ޣަައިރު ހާޒިރުގައި ބޭއްވި ޝަރީއަތުގައި، ކްރިމިނަލް ކޯޓުންވަނީ އެ ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.

އެ ހަތަރު މީހުންގެ ބަންދާ މެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމިއިރު، އެ މީހުން ތިބީ ދޫނިދޫ މެޑިކަލް ކްލިނިކްގައެވެ. އެހެންކަމުން އެމީހުންގެ ޣައިރު ހާޒިރުގައި މުއްދަތު ޖަހާފައިވާތީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ކްލިނިކުން ދޫކޮށްލާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އަލުން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް ވަނީ އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް