އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން ޢަމްރު
ހަބަރު
31 May 2023 | 14:19
މެނިފެސްޓޯގައި ހުރި ކަންކަން ނުކުރީ ސާފުނުވެގެނެއް ނޫން، ނުވަތަ ރަނގަޅު ނުވެގެނެއްނޫން: ޢަމްރު

މެނިފެސްޓޯގައި ހުރި ކަންކަން ނުކުރީ ސާފުނުވެގެނެއް ނުވަތަ ރަނގަޅު ނުވެގެނެއް ނޫން ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން ޢަމްރު ވިދާޅުވެއްޖެއެވެ.

ޢަމްރު މިހެން ވިދާޅުވީ އިއްޔެ މަޖިލީހުގައި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކަފުޅު ތަކަކާއި ގުޅިގެނެވެ. އަސްލަމް އިއްޔެ މަޖިލީހުގައި ވިދާޅުވެފައިވަނީ މަސްވެރިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ މެނިފެސްޓޯގައި ލިޔެފައިވަނީ އެބޭފުޅާ އެއްބަސްވި ކަންތައްތަކެއް ނޫން ކަމަށާއި ތާއީދުވެސް  ނުކުރައްވާކަމަށެވެ.

އަަސްލަމްގެ މި ވާހަކަފުޅާއި ގުޅިގެން ޢަމްރު ވިދާޅުވީ ‏2018 ގެ އެމްޑީޕީ މެނިފެސްޓޯ ތައްޔާރުކުރަން ފެށީ އިންތިޚާބަށް އަހަރެއް ކުރިން ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ބައްދަލުވުންތައް ބޭއްވުނު ކަމަށެވެ.

އަދި ޕާޓީ ކޮމިޓީތަކުން ބައްދަލުވުންތައް ބޭއްވި، ޤައުމީ މަޖިލިހުގަ މަޝްވަރާތައް ގެންދެވުނު ކަމަށާއި މެނިފެސްޓޯގައި ހުރިކަންކަން ޤައުމީ މަޖިލިހުން ފާސްކުރި ކަމަށެވެ. ހަމަ އެއާއި އެކު ކޮންގްރެސްގައި އެ މެނިފެސްޓޯ ތަންފީޒު ކުރަން ރިޔާސީ ޓިކެޓާ އެކީ ބޭފުޅަކާ ހަވާލުކުރެވުނު ކަމަށެވެ.

އަދި ހަމަ މިއާއިއެކު ކޯލިޝަން އެކުލަވާލުމާ އެކީ ޕާޓީތަކާ މަޝްވަރާ ކުރެވުނު ކަމަށާއި ކޯލިޝަން މެނިފެސްޓޯ ގައިވެސް މި ވައުދުތައް ހުންނާނެ ކަމަށެވެ.

"ކަން ނުކުރީ ސާފު ނުވެގެން ނުވަތަ ރަނގަޅު ނުވެގެނެއް ނޫން" ޢަމްރު ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި އަސްލަމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތާއި ގުޅޭގޮތުން އެންޑީޕީން ތަައްޔާރުކޮށްފައިމިވާ މެނިފެސްޓޯގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ.

މަސްވެރި ކަމުގެ ސިނާޢަތާއި ގުޅިގެން އެމްޑީޕީ ކޯލިޝަންގެ މެނިފެސްޓޯގައި ވަނީ މަސްވެރިން ބާނާ މަސް ސީދާ ލަންކާާގެ މަކެޓަށް ވިއްކޭނެ އިންތިޒާމް ހަމަޖެއްސޭނެ ކަމަށާއި، އޯފްޝޯ ކަންކެލި ޖަގަހަ ގާއިމްކޮށް މަސްކިރޭނެ ގޮތް ހެދުމާއި، ގޭދޮށު މަސް ފެކްޓްރީ ގާއިމްކޮށް މަސް ޕްރޮސެސް ކުރެވޭނެ ގޮތް ހެދުމެވެ. 

ކޮމެންޓް
އަހުމަދު
މި ސަރުކާރުން މެނިފެސްޓޯއާއި އެއްގޮތަށް ކަންކަން ނުކުރާކަން އެނގެންފެށީ ނަޝީދަށް ރިޔާސީ ޓިކެޓު ނުލިބުނު ހިސާބުން އޮތަ. ނަޝީދަށް ޓިކެޓު ލިބުނުނަމަ ތިބީހީ ކާމިޔާބު އެއްދައުރު ނިންމާ އަނެއް ދައުރަށް ޅެން ފަރިހި ކިޔަން.
31 May 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.