މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 104 ވަނަ ރަސްމީ ޢާއްމު ޖަލްސާގެ ތެރެއިން
ހަބަރު
31 May 2023 | 14:13
ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ދާ ބިދޭސީންގެ އަތުން ފީއެއް ނަގަން ނިންމައިފި

ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ޒިޔާރަތް ކުރާ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިކަން ކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 104 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.

އެގޮތުން 12 ބޭފުޅުންގެ އަގްލަބިއްޔަތުން ޖޫން މަހުގެ 15 ފެށިގެން, ޓޫރިސްޓް ވިސާ އޮންނަ ފަރާތްތަކަށް ވުރެ ކުޑަ ފީއެއް ވޯކް ޕާމިޓް އޮންނަ ބިދޭސީން އަތުން ނަގަން ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

ޖަލްސާގައި ވާހަދައްކަވަމުން ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަމަކީ އެހެން ގައުމުތަކުގައިވެސް ކަންތައް ކުރާ ގޮތް ކަމަށް ފާހަގަކުރައްވާ މިއަންނަ މަހުގެ 15 އިން ފެށިގެން ފީ ނެގިދާނެ ކަމަށް ވިދާޅުވެފައެވެ.

މިއާއިއެކު މޭޔަރ ވަނީ މިހާރުވެސް ދެ ޕާކްގެ ގޭޓްވެސް ބަލަހައްޓަމުން ދާތީ މިއީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ސަލްޓަން ޕާކްގައި މިކަން އަލުން ފަށާއިރު ލޮނުޒިޔާރަތް ޕާކުގައި މިކަން ފަށަނީ މުޅިން އަލަށް ކަމަށް މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ.

މިކަމާއި ގުޅޭ ގޮތުން ކައުންސިލަރ ޒަމީރު ވިދާޅުވީ ރާއްޖެއަކީ މިހާރު ބިދޭސީންނަށް ވަރަށް ބޮޑަށް ހުޅުވާލެވިފައި އޮތް ތަނެއް ކަމަށްވީ ނަމަވެސް ދުނިޔޭގެ އެހެން ގައުމު ތަކުގައި ކަން އޮންނަނީ މިހެން ނޫން ކަމަށެވެ.

އެހެންކަމުން ޕާކްތަކުގެ އިތުރުން މޫދާއި މަސްބާނާ ތަންތަން ފަދަ މާލޭގެ އާންމު ތަންތަނުންވެސް ބިދޭސީންނަށް ވަދެވޭނެ ވަކި ގަޑިތަކެއް ނުވަތަ ވަކި ފީއެއް ކަނޑައެޅުމަށް ފެންނަ ކަމަށެވެ.

ޒަމީރުގެ އިތުރުން މިކަމަށް ވާހަކަ ދައްކަވަމުން ކައުންސިލަރ ނާޒިމާ ވަނީ ފަތުރުވެރިންގެ އަތުން ނަގާ ފީ ބޮޑުކުރުމަށް ފަހު މާލޭގައި ދިރިއުޅޭ ވޯކް ޕާމިޓް އޮތް ބިދޭސީންގެ އަތުން ނަގާ ފީ ކުޑަ ކުރުމަށް ހުށަހަޅާފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
މައްކާ ހިމެނޭހެން ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ނުރައްކަލުގެ އިންޒާރު ނެރެފި
ސަޢޫދީ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި މި އެލާޓް ފޮނުވީ ޤައުމީ ކުއްލި ހާލަތުގެ އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށެވެ. ނުރައްކަލުގެ ބާވަތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
15 Sep 2026
އެކްސިޑެންޓްވުމުން މަޑުނުކޮށްދިޔަ މައްސަލައެއް: ތުހުމަތުވާ މީހާ ބަނގުރަލާއެކު ހައްޔަރުކޮށްފި
އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ދުއްވި އުޅަނދު ބަލައި ފާސްކުރި އިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށެވެ.
15 Sep 2026
ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ބޭންކް މެދުވެރިކޮށް ދިނުމަށް އިލްތިމާސްކޮށްފި
މިދިޔަ މަހުގެ 25 ވަނަ ދުވަހު ގެނެސްފައިވާ ގަވާއިދުގެ އިސްލާހުގައި ބުނާ ގޮތުން ބިދޭސީ މުވައްޒަފަކަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށް ނުވަތަ ހުއްދަ ދީފައިވާ ބޭންކެއްގައި އެ މީހެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އެހެންވެ ބިދޭސީ މުވައްޒަފުންގެ އެކައުންޓްތައް ވީ އެންމެ އަވަހަކަށް ހުޅުވައި ނިންމުމަށް އެ ވުޒާރާއިން ވަނީ ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
15 Sep 2026
ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި
ފޮރިން މިނިސްޓްރީން ބުނީ ބޮޑުވަޒީރު އަންވަރު, ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިހާރު ފުރާވަޑައިގެންފައިވާ ކަމަށެވެ. ވީއައިއޭ އިން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.