ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ހަބަރު
31 May 2023 | 23:00
މަޖިލީހުގެ މަސްއޫލިއްޔަތަށް ހުރަސްއެޅުމުގެ ބާރު ބަންޑާރަ ނައިބަށް ލިބިގެނެން ނުވޭ: ޑރ. އަހުމަދު

މަޖިލީހުގެ މަސްއޫލިއްޔަތަށް ހުރަސްއެޅުމުގެ ބާރު ބަންޑާރަނައިބަށް ލިބިގެނެން ނުވާކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. އަހުމަދު އަބްދުالله ދީދީ މިފަދައިން ވިދާޅުވީ، ބަންޑާރަނައިބުގެ ނިންމުންތަކާމެދު މަޖިލީހަށް ގޮތެއް ނިންމޭނެކަމަށް މިހާރުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ދެކެވަޑައި ނުގަންނަވާ ކަމަށް ހަބަރު ފެތުރުމާ ގުޅިގެންނެވެ.

"ތިޔަ ވާހަކަތަކަކީ މަޖިލީހުން މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ތާވަލުކޮށް ހިންގާ އިޖުރާއާތަށް ހުރަސް އެޅުމުގެ ނިޔަތުގައި ދައްކަވާ މައުޟޫޢުން ބޭރު ވާހަކަ،" ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވިއެވެ.

ޗާގޯސް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލިކަމަށް ބުނެ މަޖިލީހަށް ހުށަހެޅު ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރު ނުވެ، ރިފްއަތް ވަނީ ޖަވާބު ލިޔުމުން ފޮނުވާފައެވެ.

ދިވެހިރާއްޖެއާއި ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހަދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދައުލަތުގެ ބަންޑާރަނައިބު ވަކާލާތުކޮށްފައިވަނީ ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫންކަން ފެންނަންހުރި ހެކިތަކުން ސާފުވާތީކަމަށް މަޖިލީހުގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ. 

އެގޮތުން އެ މައްސަލާގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށާ، އިމުގެ ނުވަތަ ސަރަހައްދުގެ ވާހަކައަކީ ކުޅޭ ކުޅޭ ވާހަކައެއް ނޫން ކަމަށާއި، ރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއްވެސް ގެއްލިގެން ދިއުމަކީ ރައްޔިތުންނަށް އޭގެ ގެއްލުން އެކި ސިފަސިފައިގައި ފޯރާނެ ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ތުހުމަތު ކޮށްފަ އެވެ. 

އޭގެއިތުރުން ރާއްޖެއަށް ލިބިދޭ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް ވެސް ބަންޑާރަނައިބު ވަކާލާތު ކުރައްވާފައި ނުވާކަމަށާ، ވަކިން ޚާއްސަކޮށް އިޓްލޮސްގައި މައްސަލަ ކުރިއަށް ދިޔައިރު، ދިވެހި ދައުލަތުގެ ފަރާތުން އެއްވެސް ކަމަކަށް އިއުތިރާޒު ކޮށްފައި ނުވާކަމަށާއި، އިކުއިޑެިސްޓެންސް އުސޫލުން ބައިކުރުން ނޫން ގޮތަކަށް ވަކާލާތުކޮށްފައި ނުވާކަންވެސް ފާހަގަކުރެވޭކަމަށް މަޖިލީހަށް މައްސަލަ ހުށަހެޅި ޕާޓީތަކުން ބުނެއެވެ. 

މި މައްސަލައަށް މިއަދު މަޖިލީހަށް ހާޒިރު ވެގެން ނުވަތަ، ލިޔުމުން ޖަވާބުދާރީވުމަށް ރިފްޢަތު އަށް މަޖިލީހުން އަންގާފައިވާއިރު، މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަންޑާރަ ނާއިބު އަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން އެބޭފުޅާ ނިންމެވީ ލިޔުމުން ޖަވާބު ފޮނުއްވަން ކަމަށެވެ. 

އެއާއެކު ބަންޑާރަނައިބު މަޖިލީހަށް ޖަވާބުދާރީވެލައްވަން ޖެހިވަޑައިގަންނަވާ ގޮތާއި ގުޅިގެން މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވެ ޙައްލު ނުކުރެވުމުން ރިޔާސަތުން ވަނީ އެ މައްސަލަ މަޑުޖައްސާ ސުޕްރިމް ކޯޓުގެ ލަފާ ހޯދައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.