ބްރެޒިލްގެ ފޯވާޑް މާކޯސް ލިއޮނާޑޯ ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
01 Jun 2023 | 05:06
20 އަހަރުންދަށުގެ ވޯލްޑްކަޕް ކުއާޓާ ފައިނަލުގައި ބްރެޒިލް އާއި އިޒުރޭލްގެ ކުރިމަތިލުމެއް!

އާޖެންޓީނާގައި މިހާރު ކުރިއަށްދާ 20 އަހަރުންދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި 4-1 ގެ ނަތީޖާއަކުން ޓިއުނީޝިޔާ ބަލިކޮށް ބްރެޒިލް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ބުރެޒިލް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ހޯދި އިރު، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިޓަލީ އަތުން އެޓީމު ވަނީ 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. ނަމަވެސް މުބާރާތުގެ ދެވަނަ މެޗުގައި ޑޮމެނިކަން ރިޕަބްލިކް އާއި ވާދަކުރި މެޗު ފަސޭހަކަމާއި އެކު 6-0 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކުރި އިރު ގުރޫޕްގެ ފަހު މެޗުގައި ނައިޖީރިއާ އަތުން ބްރެޒިލް މޮޅުވީ 2-0 ގެ ނަތީޖާއަކުން ނެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެޓީމުން ވަނީ ފުރަތަަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ގޮތުން އެޓީމުގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މާކޯސް ލިއޮނާޑޯއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަންދްރޭ ސަންޓޯސް އެވެ. 

ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލްގެ ޑިފެންޑަރު ރޮބަޓް ރެނާން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު މެޗުގެ ބާކީބައި ބްރެޒިލް އިން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.

އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ދެވަނަ ހާފުގައި ވެސް ބްރެޒިލް އިން އިތުރު ދެ ލަނޑު ކާމިޔާބުކުރިއެވެ. އެގޮތުން ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފުރަތަަމަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު މެތިއުސް މާޓިންސް ކާމިޔާބުކުރިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަންދްރޭ ސަންޓޯސް އެވެ. 

މި މެޗުގައި ޓިއުނީޝިޔާ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު މަޙްމޫދު ޣޯރްބެލް އެވެ. 

މުބާރާތުގެ ކުއާޓާ ފައިނަލުގައި ބްރެޒިލް ވާދަކުރަންޖެހެނީ އިޒްރޭލުގެ ގައުމީ ޓީމާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.