އިބްރާހިމް މުހައްމަދު ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
01 Jun 2023 | 05:51
އާޖެންޓީނާ ކަޓުވާލުމަށްފަހު ނައިޖީރިއާ ކުއާޓާ ފައިނަލަށް!

އާޖެންޓީނާގައި މިހާރު ކުރިއަށްދާ 20 އަހަރުންދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް ނައިޖީރިއާ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

މުބާރާތުގެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ދެވަނަ ބުރުން ފުރުސަތު ހޯދިއިރު، މުބާރާތުގެ ފުރަތަަމަ މެޗުގައި އުޒްބެކިސްތާން އަތުން އެޓީމު މޮޅުވީ 2-1 ގެ ނަތީޖާއަކުން ނެވެ. ނަމަވެސް ދެވަނަ މެޗުގައި ގުއަޓެމާލާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ގުރޫޕްގެ ފަހު މެޗުގައި އެޓީމުގެ ވަނީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ނިއުޒިލޭންޑު ބަލިކޮށްފައެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މި ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް ދެވަނަ ހާފުގައި ނައިޖީރިއާ އިން އެޓީމުގެ އެޓޭކުތައް ވަރުގަދަކޮށް މެޗުގެ ލީޑު ހޯދިއެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި އިބްރާހިމް މުހައްމަދު އެޓީމުގެ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ރިލްވާން ސާކީ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނައިޖީރިއާ މޮޅުވެގެންނެވެ.

މި އަހަރުގެ ވިހި އަހަރުންދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް އާޖެންޓީނާ ކޮލިފައިވެފައި ނުވާއިރު އެޓީމަށް މުބާރާތުގެ ވާދަކުރުމުގެ ފުރުސަތު ލިބުނީ މުބާރާތް ބާއްވާ ގައުމު ހައިސިއްޔަތުން ނެވެ. އެންމެ ފުރަތަަމަ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ އިންޑޮނޭޝިޔާގައެވެ. ނަމަވެސް މި މުބާރާތުގައި އިޒްރޭލުން ވާދަކުރާތީ އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނުކުމެ އެކަމާއި ދެކޮޅަށް އަޑުއުފުލުމުގެ ސަބަބުން ފީފާއިން ނިންމީ މުބާރާތް އާޖެންޓީނާގައި ބޭއްވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.