މާލޭ ސިޓީ ކައުންސިލްގެ ޖަލްސާ އެއް/ ފޮޓޯ: ސިޓީ ކައުންސިލް
ހަބަރު
01 Jun 2023 | 10:24
މުވައްޒަފުންނަށް ޚާއްސަކޮށް މާލެ ސިޓީ ކައުންސިލުން ބަހުގެ ޚިދްމަތް ފަށައިފި

މާލޭ ސިޓީ ކައުންސިލުން އެ ކައުންސިލްގެ  މުވައްޒަފުންނަށާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސްކޫލްތަކުގެ މުވައްޒަފުން ޚާއްސަ ކޮށް ބަހުގެ ޚިދްމަތް ދޭން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ކައުންސިލްގެ ބަސް ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް 01 ޖޫން 2023 ގައި ފެށުމަށް ނިންމައިފައިވާކަމަށެވެ.

މި ޚިދުމަތާއި ގުޅިގެން ކައުންސިލުން ކުރި އިޢުލާނުގައި ވަނީ ކައުންސިލްގެ ބަސްދަތުރު ތަކާއި ގުޅޭގޮތުން ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއިން ފާސްކުރައްވާފައިވާ އުސޫލު https://www.gazette.gov.mv/iulaan/243133 ހިމަނާފައެވެ.

މާލެސިޓީ ކައުންސިލުން މިފަށާ ބަހުގެ ޚިދުމަތުގެ މަޤްޞަދަކީމާލެއާއި ހުޅުމާލޭގައި ދިރިއުޅޭ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި އެހެނިހެން އޮފީސްތަކުގެ މުވައްޒަފުން އުފުލުމުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ދިނުން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ އަދި ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުންދޭ ބަހުގެ ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެއް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އެގޮތުން ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް 24 ގަޑިއިރު ދަތުރު ކުރާނެކަމަށާއި،  އަދި ޝެޑިއުލްގެ ބޭރުން އިތުރަށް ހަމަޖައްސާ ދަތުރު ތަކަކީވެސް 24 ގަޑިއިރުގެ ޚިދުމަތެކެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެެވެ. އުސޫލުގައިވާގޮތުން ކޮންމެ ގަޑިއެއްގައި ދަތުރަކަށް އެދުނު ކަމުގައި ވިޔަސް އެ ޚިދުމަތް ލިބިގެންދާނެ ކަމަށް ވެސް އެކައުންސިލުން ބުނެއެެވެ.

ބަހުގެ ޚިދުމަތާއި ގުޅޭގޮތުން ކައުންސިލްގެ 104 ވަނަ ރަސްމީ އާއްމު ޖަލްސާގައި މޭޔަރ މުޢިއްޒު ވިދާޅުވީ މި ޚިދުމަތް ތަޢާރަފް ކުރަން ނިންމީ ކައުންސިލްގެ މުވައްޒަފުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ކުން ވެސް މާލެ އަންނަން ޖެހުމާއިއެކު މިކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލްގެ މުވައްޒަފުންނަށްވެސް ކައުންސިލް ބަހުގައި ދަތުރު ކުރެވޭނެ ކަމަށާއި، ޕްރައިވެޓް ހަޔަރގެ ގޮތުގައި ވެސް ޚިދުމަތް ދެވޭގޮތަށް ކައުންސިލުން އުސޫލު ފާސްކޮށްފައިވާ ކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލެ އާއި ހުޅުމާލޭގައި ތަޢާރަފްކުރާ ބަހުގެ ޚިދުމަތް ދެ ގިންތި އަކަށް ބަހާލެވޭނެ ކަމަށް އެކައުންސިލުން ބުނެފައިވެއެވެ. އެއީ ފަސިންޖަރުން ދަތުރުކުރާ ބަސްތަކާއި ޚާއްޞަ ދަތުރުތައް ކުރާ ބަސް ތައް ކަމަށް ވެސް ބުނެފައިވެއެވެ. އަދި ބަހުގެ ޚިދުމަތަށް ދަތުރުތަކަށް އަގުނެގުން ދެ ގިންތިއަކަށް ބަހާލެވޭނެ ކަމަށާއި، އެއީ އޮފީސްތަކުން އެދިގެންކުރާ ދަތުރުތަކަށް ނަގާފައިސާއާއި ހުސްޖާގަ އޮވެގެން ޢާއްމުންގެ ފަރާތުން އަރާ ފަރާތްތަކުގެ އަތުން ނަގާ އަގު ކަމަށް ވެސް އެކައުންސިލުން ބުނެފައިވެއެވެ.

ބަހުގެ ޚިދުމަތް ބޭނުންކުރާ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންއަތުން ފީއެއް ނުނަގާނެ ކަމަށާއި، ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ބަހުގައި ދަތުރުކުރެވޭނީ ބަސްކާޑު ހިފައިގެން ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

ކައުންސިލްގެ މުވައްޒަފުންގެ އިތުރުން އެހެން އިދާރާއެއްގެ މުވައްޒަފުން ބަހުގައި ގެންދަން ބޭނުންނަމަ ކޮންމެ ދަތުރެއްގެ ކޮޅަކަށް އެ އޮފީހަކުން ދައްކަންޖެހޭ އަދަދަށް އުސޫލުގައިވާ ފަދައިން ފައިސާ ދެއްކުމުން ދަތުރު ކުރެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މި އުޞޫލުގެ ދަށުން އެއްވެސް އަގަކާނުލާ ހިލޭ ސާބަހަށް ބަހުގައި ދަތުރު ކުރެވޭނެ ފަރާތްތަކަކީ އުމުރުން 65 އަހަރުން ފެށިގެން ދޮށީ އުމުރުގެ ބޭފުޅުން، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، އަދި އުމުރުން 6 އަހަރުން ދަށުގެ ކުޑަކުދީން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލްގެ ބަހުގެ ޚިދުމަތާއި ގުޅޭގޮތުން އާންމު ކޮށްފައިވާ އުސޫލަށް ބަދަލުގެނެވޭނީ ނުވަތަ އުސޫލު އުވައިލެވޭނީ ސިޓީ ކައުންސިލްގެ ރަސްމީ ޢާއްމު ޖަލްސާއަށް ހުށަހަޅައ،ި ޖަލްސާގެ އަޣްލަބިއްޔަތުން ފާސްކޮށްގެން ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ