ބައިބަލާ މެޗެއް ކުޅެނީ
ހަބަރު
01 Jun 2023 | 12:03
ގިނަ މިސްޓަރ ބައިބަލާއިންނާއެކު އަރބަންކޯ ޓީމުން މުބާރާތައް ތައްޔާރުވަނީ

ބައިބަލާ އެސޯސިއޭޝަނުން ބާއްވާ އިންޓަރ އޮފީސް ބައިބަލާ މުބާރާތަށް އަރބަންކޯގެ ޓީމުން ތައްޔާރުވާން ފައްޓައިފި ކަމަށް އާބަންކޯއިން ބުނެފިއެވެ.

އެގޮތުން މި ޓީމުން މިހާރު ވަނީ ބައިވެރިންނާއި އެކު ޕްރެކްޓިސްތައް ފަށާފައި ކަމަށް އެކުންފުނިން ބުނެއެވެ. އަރބަންކޯގެ ޓީމް އެކުލަވާލާފަވަނީ މީގެ ކުރިން އެސޯސިއޭޝަނުން ބާއްވާފައިވާ ބައިބަލާ މުބާރާތްތަކުގައި ވާދަކޮށް، އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ބައިބަލާގެ ނަމުން ނަމަ މިސްޓަރ ބައިބަލާގެ ޝަރަފު ހޯދާފައިވާ ގިނަ ކުޅުންތެރިންތަކަކާ އެކުގައި ކަމަށް އަރބަންކޯއިން ބުނެއެެވެ.

އަދި ޓީމުގެ ކޯޗުކަން ކުރަނީ ބައިބަލާގައި ތަޖުރިބާކާރު އަލީ ރިޒްވާން ކަމަށް ވެސް ބުނެފައިވެއެވެ.

އޮފީސްތަކުގެ މެދުގައި ބާއްވާ ބައިބަލާ މުބާރާތް އެސޯސިއޭޝަނުން ޖޫން މަހުގެ 20 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާއިރު މި މުބާރާތް ބާއްވަނީ ހުޅުމާލޭގައެވެ.

މިއީ ރާއްޖޭގައި އޮފީސްތަކުގެ މެދުގައި ބާއްވާ ފުރަތަމަ ބައިބަލާ މުބާރާތެވެ. ބައިބަލާ އެސޯސިއޭޝަނުން ކޮންމެ އަހަރަކު ޢީދު ތެރޭގައި ބާއްވާ ޤައުމީ ބައިބަލާ މުބާރާތް ވެސް މި އަހަރު ބާއްވާފައިވަނީ ހުޅުމާލޭގައެވެ.

މި ފަހަރު ހުޅުމާލޭގައި މުބާރާތް ބޭއްވި އިރު އެއީ ހުޅުމާލޭގައި އެ މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. އަދި އަރބަންކޯއިން ވަނީ ހުޅުމާލޭގައި ބައިބަލާ ކުޅުމަށް އެކަށީގެންވާ ފަދަ ކޯޓެއް ގާއިމްކޮށްދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.