ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދައަށް އެދުމަށް ފޯމު ހަވާލުކުރުން-- ފޮޓޯ/ ވޮއިސް
ހަބަރު
01 Jun 2023 | 13:57
3500 އަށް ވުރެ ގިނަ ފޯމާއި އެކު "ދަ ޑިމޮކްރެޓްސް" ރެޖިސްޓާރ ކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދު ކުރައްވާ މެންބަރުން އުފައްދަވާ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރަން 3,500 އަށްވުރެ ގިނަ މީހުންގެ ފޯމް އިލެކްޝަންސް އަށް ހުށަހަޅައިފިއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަޠީފަށް ހުއްދަ ދިނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ފިކުރެއްގެ ދިރުން ހަރަކާތުން އަންނަނީ މުޅި ރާއްޖޭގައި އެ ޕާޓީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ކުރި މަސައްކަތުން ފޯމު ފުރާފައިވާ ޖުމުލަ 3,560 މީހުންގެ ފޯމު މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނާއި ވަނީ ހަވާކޮށްފައެވެ. އެކަމަށްޓަކައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޯމުތައް އީސީއާ ހަވާލުކޮށްދެއްވީވެސް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ. އީސީގެ ފަރާތުން ފޯމުތަކާއި ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާއެވެ.

މިކަމާއި ގުޅިގެން ދަ ޑިމޮކްރެޓްސް އިން ބުނީ، އިލެކްޝަންސް ޕާޓީ ރެޖިސްޓާ ކުރުމުގެ މަރުހަލާގައި ބަލާނީ ހަމައެކަނި ސައްޙަ 3000 ފޯމުކަމަށްް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި 3000 ހަމަވުމުން ދެންް ހުންނަ ފޯމުތައް އެެ މަރުހަލާގައި  ނުކުރާނެ ކަމަށާއި، އިތުރަށް 560 ފޯމު ލާފައިވަނީ 3000 ފޯމުުގެ ބެކަޕްއަށް ކަމަށެވެ. 3000 ހަމަވެފައި ދެން އިތުރުވާ ފޯމުތައް، ޕާޓީ ރެޖިސްޓްރީ ކުރުމަށްފަހު ދަފްތަރުގައި ހިމަނާނެކަމަށްވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެއެވެ. 

ފޯމުތައް އީސީއާ ހަވާލުކުރެއްވުމަށް ފަހުގައި ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މިއަދު ހުށަހެޅި ފޯމުތަކުގައި އެއްވެސް މައްސަލައެއް ނުހުންނާނެ ކަމަށެވެ. ފޯމުތައް ހުށަހެޅުމުގެ ކުރިން އެ ޕާޓީގެ ތެރޭގައި ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައި ސައްހަކަށް ކަށަވަރުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ

އަދި ފޯމުތައް ވެރިފައިކޮށް އީސީއިން ހުއްދަ ދިނުމާއިއެކު އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް އެކި ރަށްރަށަށް ދަތުރު ފަށާނެ ކަމަށާ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސްގެ ފަރާތުން ކެމްޕެއިން ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
އަލިހޮއްކޮ
މިއަހަރު ނިމޭހިސާބަށް ކިރަޔަ ކިރިޔާ ތިންހާސް ހަމަ ނުވެގެން ދުވާނެއެވެ. ރިޔާސީ އިންތިޚާބާއި ހަމަޔަށް ނޫނީ މަޖްލިސް އިންތިޚާބުގައި ގޮނޑިގަޑެއް ނުލިބޭ ހިސާބުން މައުމޫނު ޕާރޓީ އަށް އެވީވަރުވެސް ނުވާނެއެވެ.
01 Jun 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.