ހިޔާ ދެފްލެޓް އެއްކޮށްލައިގެން ހަދާފައިވާ އެޕާޓްމެންޓް/ ފޮޓޯ: ޓްވިޓާ
ހަބަރު
02 Jun 2023 | 14:21
އެއްކޮށްލި ދެ އެޕާޓްމެންޓް އަތުލުން ހުއްޓުވަން ކޯޓުން އަމުރު ނެރެ ނުދިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އަތުލުމަށް އާބަންކޯ އިން ނިންމި ނިންމުން ހުއްޓުވަން އެދެފްލެޓްގެ ވެރިން ސިވިލް ކޯޓަށް ދިއުމުން  އެގޮތަށް އަމުރު ނެރެނުދެވޭނެ ކަމަށް ސިވިލްކޯޓުން ބުނެފިއެވެ.

އެ މައްސަލާގައި އެ ދެފްލެޓްގެ ވެރިން ސިވިލް ކޯޓުގައި އެދިފައިވަނީ  އެއްބަސްވުން ބާތިލްކޮށް، އެޕާޓްމެންޓްތައް އަތުލަން އާބަންކޯއިން ނިންމި ނިންމުން ބާތިލްކުރުމަށް، ކޯޓަށް ހުށަހަޅަން ގަސްދު ކުރާތީ އެ މައްސަލަ ނިމެންދެން، އެތަން އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ނަމަވެސް އިއްޔެ ސިވިލް ކޯޓުން ބުނެފައިވަނީ އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށެވެ. އެހެންވެ، އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ.

ފާއިތުވު މެއި މަހުގެ 18 ވަނަ ދުވަހު އެ ދެފްލެޓްގެ އެއްބަސްވުން ބާތިލްކޮށް 14 ދުވަހުގެ ތެރޭގައި އެ ދެފްލެޓް ހުސްކުރުމަށް އާބަންކޯއިން ވަނީ އަންގާފައެވެ.

ހިޔާ އިމާރާތެއްގެ ފްލެޓެއްގެ ފާރު ތަޅާލައި ދެ އެޕާޓްމެންޓް އެއްކޮށްލައިގެން ހަތަރު ކޮޓަރީގެ އެޕާޓްމެންޓަކަށް ހަދައިގެން އުޅެމުންދާކަން އެނގިގެން އާބަންކޯއިން ވަނީ، ކޮންމެ އެޕާޓްމެންޓެއް 100،000 ރުފިޔާއިން ޖޫރިމަނާކޮށް 10 ދުވަހުގެ ތެރޭގައި ފާރު އަލުން ރޭނުމަށް އެފަރާތައް އަންގައިފައެވެ.

އާބަންކޯގެ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ނިއުޝާދު ޝަރީފް "ވޮއިސް" އަށް އެދުވަހު ވިދާޅުވީ އެ ފަރާތުން އެއްވެސް ވަރަކަށް ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އަދި ދިން މުއްދަތުގެ ތެރޭގައި ފާރު ރޭނުމުގެ މަސައްކަތްވެސް ކޮށްފައި ނުވާކަމަށެވެ.

އަދި އެއްވެސް ވަރަކަށް ފައިސާ ދައްކައި ފައި ނުވާތީ ދެފްލެޓްގެ ވެސް އެއްބަސްވުން ބާތިލް ކޮށް 14 ދުވަސް ތެރޭގައި ފްލެޓް އަނބުރާ އާބަންކޯ އާއި ހަވާލު ކުރުމަށް އަންގައިފައިވާ ކަމަށެވެ.

"އެންމެފަހުގެ ނިންމުން ފްލެޓް އަތުލުން އެއީ، މި ކޭސްގަ ވާގޮތަކީ ކުލިވެސް ދައްކާފަ ނެތީ، ވަރަށް ބޮޑު ބަދަލެއް އެ އެޕާޓްމެންޓަށް ގެނެސްފަ މިހުރީ، ފައިސާ ނެތިގެން ނޫންކަން އެނގޭ ކުލި ނުދައްކާ ހުރީ، މިއަކަށް ނެތް އަޅުގަނޑުމެންނަކަށް ލުޔެއް ދެވޭކަށް، އެހެންވެ ކޮންޓްރެކްޓް ބާތިލް ކުރީ" ވޮއިސް އަށް މައުލޫމާތު ދެއްވަމުން ނިއުޝާދު ވިދާޅުވިއެވެ.

ދެފްލެޓް އެއްކޮށްލި މައްސަލައިގައި އާބަންކޯއިން ނިންމައިފައި ވަނީ އެ ކުންފުނިން ދިން މުއްދަތުގައި ފާރު ނުރޭނުމާއި ޖޫރިމަނާގެ ފައިސާ ނުދައްކައި ހުރުމުން އެއްބަސްވުން ބާތިލް ކުރުމަށެވެ. ނަމަވެސް ފްލެޓްގެ ކުރީގެ ވެރިން އަދިވެސް މަސައްކަތް ކުރަމުންދަނީ އެތަން އެގޮތަށް ބާއްވައި، ފްލެޓްތައް އާބަންކޯއަށް ނުނެގޭނެ ގޮތެއް ހެދުމަށެވެ.

ކޮމެންޓް
ބެރިން
ނެރެދެންޔާ އަހަރެމެން ކުލިދެއްކުން ހުއްޓުވާ އަމުރެެއްވެސް ނެރެދޭތި
02 Jun 2023
ގުޅޭ ލިޔުންތައް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
22 Jul 2026
ޕީއެސްއިންނާއި އެސްޖީންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ
ސަރުކާރުގެ ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދެމުންދާ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.