"ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑު ވާވަރަކަށް އެކަމުގެ ފާފަބޮޑުވާނެ" ޚުޠުބާ
ހަބަރު
02 Jun 2023 | 13:20
އިސްލާމީ މުޖްތަމަޢު ބިނާ ކުރެވެންވާނީ ތެދުގެ މަތީގައި: ޚުތުބާ

އިސްލާމީ މުޖްތަމަޢު ބިނާ ކުރެވެންވާނީ ތެދުގެ މަތީގައި ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"އިންސާނުންނަށް އެބައިމީހުންގެ ހަޔާތް ބިނާކުރުމަށް އަންގަވާފައިވަނީ، ޙައްްޤުގެ މަތީގައި، ހައްޤުނޫން ބަހެއް ނުބުނުމަށާއި، ޙައްޤުނޫން ކަމެއް ނުކުރުމަށް މާތް ﷲ އެބައިމީހުންނަށް އަންގަވާ،  މިހެންވެ މުސްލިމުންގެ ޙަޔާތުގައި، ތެދުވެރިވުމަކީ ވަރަށް މުހިންމު ކަމެއް، އިސްލާމީ މުޖްތަމަޢު ބިނާ ކުރެވެން ވާނީ ތެދުގެ މަތީގައި، ދޮގު ވާހަކަތައް ހެދުމާއި އެފަދަ ވާހަކަތައް ފެތުރުމުން އެއްކިބާވެގެން، ތަފާތު ގުޅުންތައް ގާއިމް ކުރެވޭނީ ތެދު ހަޤީޤަތުގެ މަތީގައި" ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނީ އިސްލާމްދީން ހައްޤަށް ކުރާ އިޚްތިރާމެއްގެ ބޮޑުކަމުން، އެދީން ދޮގުވެރިންނާއި ދެކޮޅަށް ހަނގުރާމަ ކުރާ ކަމަށެވެ. ދޮގުވެެރި ކަމަކީ، ދޮގުހަދާމީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް ކަމަށާއި، އެއީ ނުބައި ކަންތައްތަކަށް މީހާ ހުށައެޅޭ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނީ ނުބައި ބައެއް ސިފަތަކަކީ ފަރުވާ ދެވިދާނެ ސިފަތައް ކަމަށެވެ. ނަމަވެސް ދޮގުހެދުމާއި، އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ފަރުވާއެއް ނެތްކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

"ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑު ވާވަރަކަށް އެކަމުގެ ފާފަބޮޑުވާނެ" 

ޚުޠުބާ

 ދޮގުގެ ސަބަބުން ލިބޭ ގެއްލުން ބޮޑު ވާވަރަކަށް އެކަމުގެ ފާފަބޮޑުވާނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ހަދައިގެން ދޮގު ޚަބަރު ފަތުރާ ނޫސްވެރިޔާއާއި، ދޮގުވާހަކަ ޓްވީޓްކުރާމީހާއާއި، އަމިއްލަ އެދުމެއް ހާސިލް ކުރުމަށްޓަކައި، ވާހަކަތައް ހަދަހަދައިގެން ފަތުރާ މީހާއާއި، އަމިއްލަ މަޤްޞަދަކަށްޓަކައި، މީހުންގެ ވާހަކަތައް ވެރިންގެ ގާތުގައި ދައްކާ މީހާއާއި، ދޭތެރެ ޖައްސާ މީހާ އެއަރައިގަންނަނީ ވަރަށް ބޮޑު ފާފައަކަށް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

އިސްލާމް ދީނާއިބެހޭގޮތުން ދޮގު ހެދުމަކީ، އެންމެ ބޮޑެތި މުންކަރާތް ތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެެވެ. ކީރިތި ﷲ އަށް ނުވަތަ ކައު އިތުރު މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނިސްބަތްކޮށް ހަޤީޤަތާއި ޚިލާފު ވާހަކަ ދެއްކުމަކީ، ބިރުވެރި ކަމެއް ކަމުގައި ޚުޠުބާގައި ބުންޏެވެ.

އަދި ދީނުގެ ނަމުގައި ވާހަކަ ދައްކާ މީހުން ތެދު ބުނުމަށް ވަރަށް ބޮޑަށް  ސަމާލުކަން ދޭން ޖެހޭނެ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އަދި މާތް ﷲ ބަސްފުޅެއް އެކަނލާންގެއަށް ނިސްބަތް ކުރުމަކީ އެމީހަކަށް ނަރަކަ ޙައްޤުވާނޭ ފަދަ ބޮޑު ފާފައެއް ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.