އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: އީސީ
ހަބަރު
03 Jun 2023 | 08:54
ސިޔާސީ ޕާޓީއަކަށް ވައްދަން ހުށަހަޅާ ނަމަ އެމީހަކަށް މެސެޖަކުން އަންގަންޖެހޭ ގޮތަށް ހަދައިފި

ސިޔާސީ ޕާޓީގެ އެއްގެ މެމްބަރަކަށް ވުމަށް ފޯމު ހުށަހަޅާ ފަރާތުގެ ނަންބަރަށް އެ ފަރާތް ޕާޓީއަކަށް ވެއްދުމަށް ހުށަހަޅާފައިވާކަން ބަޔާންކޮށްދޭ މެސެޖެއް ފޮނުވާ ގޮތަށް ސިޔާސީ ޕާޓީގެ ގަވައިދު އިސްލާހު ކޮށްފިއެވެ.

އެގޮތުން ބުދަ ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮސްފައިވާ ސިޔާސީ ޕާޓީގެ ގަވައިދުގެ 6 އިސްލާހުގައި ބުނެފައިވަނީ، އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފޯމުގައި މެމްބަރަކަށް ވުމަށް އެދޭ ފަރާތުގެ ފޯން ނަންބަރަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެސްއެމްއެސް އެއް ފޮނުވަން ވާނެ ކަމަށެވެ.

މި އެސްއެމްއެސްގައި އެފަރާތް ސިޔާސީ ޕާޓީއަކަށް ވެއްދުމަށް އެދި ހުށަހަޅައިފައިވާކަން އީސީއިން ބަޔާންކޮށްދީފައިވާނެ ކަމަށް އިސްލާހުގައި ވެއެވެ.

މިއާއިއެކު މި މެސެެޖަށް 7 ދުވަހުގެ ތެރޭގައި އެ ފަރާތުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ޖަވާބުދާރީ ނުވެއްޖެނަމަ ކަން ކުރާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެއެވެ.

މި އިސްލާހުގެ އިތުރުން ޕާޓީތަކުގެ މެންބަރުންނަށް ހުށަހަޅާ ފޯމްއާއި، މި ފޯމްތަކަށް ޝަކުވާ ހުށަހެޅުމާ ބެހޭ އުސޫލުތަކަށް ވެސް ވަނީ އިސްލާހު ގެނެސްފައެވެ.

އެގޮތުން ހުށަހަޅާފައިވާ ފޯމްގެ ސައްހަކަން ދެނެގަތުމަށްޓަކައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ފޯމް ހުށަހަޅާ ފަރާތްތަކުގެ ލިސްޓު ހަފްތާއެއްގެ މުއްދަތަކަށް އީސީ ގެ ވެބްސައިޓްގައި މި އިސްލާހުގެ ދަށުން އާންމުކުރާނެއެވެ.

އަދި މި ލިސްޓުގައިވާ ނަމަކާއި ގުޅިގެން ހުށަހަޅާ ޝަކުވާއަކީ ސައްހަ ޝަކުވާ އެއް ކަަމަށްވާނަަމަ މި ފޯމް ބާޠިލްކޮށް ސިޔާސީ ޕާޓީއަށް އެކަން އިސީއިން އަންގާނެއެވެ.

މިއާއިއެކު ސިޔާސީ ޕާޓީއަކުން ހުށަހަޅާ ސައްހަ ނޫން ފޯމަކާއި ގުޅިގެން އީސީއިން އެ މައްސަލަ ބެލުމަށްފަހު ސައްހަ ނޫން ފޯމު ހުށަހެޅި ޕާޓީއާއި މެދު ސިޔާސީ ޕާޓީގެ ގަވައިދުގެ އުސޫލުތައް ތަންދޭ މިންގަނޑުގެ ތެރެއިން އީސީ އިން ފިޔަވަޅު އަޅާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ރައްޔިތުން މަޖްލިސްގެ މެންބަރަކު ރާއްޖޭގެ ސިޔާސީ ޕާޓީއެއްގައި ދަފުތަރުވުމަށް ނުވަތަ ޕާޓީ ބަދަލު ކުރުމަށް ހުށަހަޅާ ފޯމް އަވަހަށް ޕްރޮސެސްކުރެވޭނެ ގޮތެއް ވެސް އިސްލާހާއިއެކުު ވަނީ ހަދާފައެވެ. މިގޮތަށް އަވަށް ކުރުމަށް މަޖްލިސް މެންބަރަކު ހުށަހަޅައިފިނަމަ 1 ދުވަހުގެ ތެރޭގައި މިކަން ކޮށްދޭން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.