ސެމީ ފައިނަލުގައި ޕަޓީނާ ކޮޅަށް ލަނޑުޖެހުމަށް ފަހު ރީތިރަށުގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
02 Jun 2023 | 15:30
ރިސޯޓް ލީގު 2023: ބަނޑޮހާއި ރީތިރަށުގެ ތާރީޚީ ފައިނަލް މެޗު މާދަމާ ހަވީރު!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯނުގެ ފައިނަލް މެޗު މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ އިރު، މި މެޗުގައި ވާދަކުރަނީ މިޒޯނުގެ އެންމެ ކާމިޔާބު ދެޓީމް ކަމަށްވާ ބަނޑޮހާއި ރީތިރަށެވެ.

2013 ވަނަ އަހަރު ބާއްވަން ފެށުނު މި މުބާރާތުގެ ނޯތު މާލޭ ޒޯން ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު އަހަރު ބަނޑޮހުން ހޯދިއިރު، ޖެހިގެން އައި ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރީތިރަށުންނެވެ. އަދި 2016 ވަނަ އަހަރު މުބާރާތުގެ ފައިނަލްގައި މިދެޓީމު ވާދަކުރި މެޗު ބަނޑޮހުން ކާމިޔާބުކުރި އިރު މިއީ މި ޒޯނުގެ ފައިނަލުގައި މި ދެޓީމުން ވާދަކުރާ ދެވަނަ ފަހަރެވެ.

ސެމީ ފައިނަލް މެޗުގައި ބަނޑޮސް ކުޅުންތެރިން ކުޑަހުރާ ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ 

މާދަމާގެ ފައިނަލް މެޗާއި ބެހޭގޮތުން ވޮއިސް އަށް މައުލޫމާތު ދެއްވަމުން ބަނޑޮސް ޓީމުގެ މެނޭޖަރު ބުނީ ފައިނަލް މެޗަށް އެޓީމު އޮތީ ވަރަށް ރަގަޅަށް ތައްޔާރުވެފައި ކަމަށާއި، ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ރަގަޅު ރޫހެއްގައި ކަމަށެވެ. ޓީމުގައި އަނިޔާ އާއި ސަސްޕެންޝަންގެ މައްސަލައެއް ނެތްކަމަށާއި، ބަނޑޮހުން ކޮންމެ މުބާރާތެއްގައި ކުޅުނަސް އަބަދުވެސް ވިސްނުން ހުންނަނީ ސީދާ ތައްޓަށް.. އެވަރިހަމަ ފުޓްސަލް ނޫނީ ވޮލީ ވިއަސް.

ބަނޑޮހުގެ ކުޅުންތެރިން ސެމީ ފައިނަލް މެޗަށްފަހު ސަޕޯޓަރުންނާއެކު އުފާފާޅުކުރަނީ 

އިތުރަށް ވާހަކަދައްކަމުން ބަނޑޮސް ޓީމުގެ މެނޭޖަރު ބުނީ މުބާރާތުގެ އިންތިޒާމްތަކާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މި މުބާރާތަކީ ބަނޑޮހުން ވަރަށް އިސްކަންދޭ މުބާރާތެއް ކަމަށެވެ. އޭގެ ނަތީޖާއެއް ކަންނޭގެ މިޒޯނުގެ އެންމެ ކާމިޔާބު ޓީމު ބަނޑޮހަކީ..

ރީތިރަށުގެ ސަޕޯޓަރުން ޕަޓީނާ އާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި ޓީމަށް ތަރުހީބު ދެނީ 

ފައިނަލް މެޗަށް ކުޅުންތެރިންގެ އިތުރުން ބަނޑޮހުގެ ސަޕޯޓަރުން ވެސް އަންނަނީ ވަރަށް ޖޯޝާއި ފޯރީގައި ތައްޔާރުވަމުން ކަމަށާއި، ސަޕޯޓަރުންގެ ފަރާތުން އެދެނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް މެޗު ފެށުނީއްސުރެ ނިމެންދެން ސަޕޯޓްކޮށް ދިނުމަށެވެ. 

ފައިނަލް މެޗާއި ބެހޭގޮތުން ވޮއިސް އަށް މައުލޫމާތު ދެމުން ރީތިރަށުގެ ފުޓްސަލް ޓީމު މެނޭޖަރު ބުނީ މުބާރާތުގެ ކުރީކޮޅު ތަންކޮޅެއް ދަށްކޮށް ދިޔަ ނަމަވެސް ކުއާޓާ ފައިނަލުން ފެށިގެން ޓީމުގެ ފަރާތުން ފެނިގެންދާ ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ހާއްސަކޮށް ސެމީ ފައިނަލުގައި ޓީމުގެ އެންމެ މުހިންމު އެއްކުޅުތެރިއަކު ސަސްޕެންޝަންގެ ސަބަބުން ނުލައި ކުޅުނުއިރު ޓީމުގެ ފަރާތުން ފެނުނު މޮޅުވުމުގެ ރޫހް ފެނިފައި ވަރަށް އުންމީދުގައި މިހިރީ ފައިނަލް މެޗާއިމެދުގަ. 

މެޗާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ރީތިރަށު ޓީމުގެ މެނޭޖަރު ބުނީ ފައިނަލުގައި ކުޅޭ ބަނޑޮސް ޓީމަކީ ވަރަށް މޮޅު ހުނަރުވެރި ކުޅުންތެރިންތަކެއްތިބި ޓީމެއްކަމަށާއި، އެޓީމަށް ފުރިހަމަޔަށް އިހްތިރާމް ކުރާ ކަމަށެވެ. ނަމަވެސް ރީތިރަށުގެ ސަޕޯޓަރުންގެ ކުރިމަތީގައި ބަނޑޮސް ބަލިކުރެވޭނެ ކަމަށާއި އެކަމަށްޓަކައި ޓީމު އޮތީ ވަރަށް ރަގަޅަށް ތައްޔާރުވެފައި ކަމަށެވެ. 

އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ސަޕޯޓަރުންގެ އެހީތެރިކަމާއިއެކު މިތަށި ހުންނަނީ ރީތިރަށުގައި، އަޅުގަނޑުމެން އެދެނީ ޓީމުގެ ސަޕޯޓަރުން ސެމީފައިނަލް މެޗެކޭ އެއްގޮތަށް ފައިނަލް މެޗުގައި ވެސް ކުޅިވަރުގެ ރޫހާ އެއްގޮތަށް ޓީމަށް ސަޕޯޓު ކޮށްދިނުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.