ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ-- ފޮޓޯ/ މި ނޫސް
ހަބަރު
03 Jun 2023 | 10:52
"ރިފްޢަތު އެ ވިދާޅުވީ އަމޭ ގެންދާށޭ ދިވެހިންގެ ކަނޑުގެ ސަރަހައްދު މާބޮޑޭ، އުދަނގޫވެގެންނޭ މިއުޅެނީ."

ދިވެހިރާއްޖޭގެ ކަނޑުން ބައެއް 45,000 އަކަށް ކިލޯމީޓަރު ދޫކޮށްލަމުން ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ހަގީގަތުގައި އެ ވިދާޅުވީ، ދިވެހިން އުޅެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެގެން ކަމަށާ، އެބައިން ދިވެހިންނަށް ބޭނުމެއް ނުވާ ކަމަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ. 

"ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" އެ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ދިވެހި މަސްކަނޑުން ބައެއް ގެއްލުމަކީ ދިވެހީންގެ ޝަރަފާއި ކަރާމާތާ ގުޅިފައިވާ ކަމެއް ކަމަށާ އެކަމާއި ދެކޮޅަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
އަދި 1996 ވަނަަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައި އޮތް ނިންމުމެއް އެބައޮތް ކަމަށާ އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދަކީ 200 ނޯޓިކަލް މޭލް ކަމުގައި ކަނޑައަޅާ، ގާނޫނުގައި އެކަން ސާފުކޮށް ބަޔާން ކުރުން ކަން ފާހަގަކުރައްވައި އަލީ ވިދާޅުވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް އެ ގާނޫނަށް ވޯޓު ދެއްވާފައި އެބައޮތް ކަމަށެވެ. 

"މިއަދު އެމަނިކުފާނުގައި ނެތޭ ހިތްވަރެއް. ހިތްވަރު ނެތްތާ ދައުލަތުގެ ބަންޑާރަ ނައިބު މެދުވެރިކޮށް ދިވެހި ގައުމު ދިފާއު ކުރުމުގެ ބަދަލުގައި އަޅުގަނޑުމެންނަށްވީ ބޭވަރާތެރި، އަޅުގަނޑުމެނަށްވީ ގައްދާރު، ހިޔާނާތްތެރި. ހަގީގަތުގައި ފަހުގެ ތާރީހެއްގައި ދިވެހި ގައުމަށް އެންމެ ބޮޑު ހިޔާނަތްތެރިވި މީހެއްގެ ގޮތުގައި ލިޔެވިގެންދާނެ މި ސަރުކާރުގައި ތިއްބެވި މީހުން. މި ސަރުކާރުގެ ވާހަކަ ދިވެހި ތާރީހުގައި ލިޔާނީ ގައުމަށް ހިޔާނަތްތެރިވި، ދިވެހި މަސްކަނޑު ވިއްކާލި ސަރުކާރުގެ ގޮތުގައި." 

މެންބަރު ޢަލީ ހުސައިން 

އަލީ ހުސެއިން އިތުރަށް ވިދާޅުވީ އިޓްލޮސްގެ ނިންމުމާއި ހިސާބުން ކަރުއެލުވާލައި އުންމީދު ކަނޑާލާކަށް ނުޖެހޭ ކަމަށާ އެ މައްސަލާގައި ދިވެހިންނަށް ކުރެވޭނެ ކަންތައް އަދި ކުރާނެ ކަންތައް ލައްކަ ބައިވަރު އެބަހުރި ކަމަށް ވިދާޅުވިއެވެ.

" ޗާގޮސްގެ މައްސަލައާއި ދިވެހި ކަނޑުގެއްލުނު މައްސަލަ އެއްމައްސަލައެއްގެ ގޮތުގައި ބަޔާން ކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. ދިވެހި މަސްކަނޑު ގެއްލުމަކީ ގައުމީ މައްސަލައެއް. އެއީ މަޖިލީހުން ނިންމާފައިވާ 200 ނޯޓިކަލް މެއިލް ދިވެހިންނަށް ހައްގުކަމަށް ބުނާ ގާނޫނާއި ހިފާލުވެފައިވާތީ މި ސަރުކާރުން." 

ޢަލީ ހުސައިން 

އަލީ ހުސައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބުގެ ޒިންމާ އަކީ ދިވެހިންގެ ހައްގުގައި ގާނޫނު ދިފާއުކުރުން ކަމަށެވެ. އެހެންނަމަވެސް، ހަގީގަތުގައި ރާއްޖެއިން މޮރިޝަސް އަށް އެ ފޮނުވި ސިއްރު ސިޓީއާއި އެކު އެ ވިދާޅުވީ ރާއްޖޭގެ ކަނޑުން ބައެއް ގެންދާށޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އަމޭ ގެންދާށޭ އަމޭ ގެންދާށޭ ދިވެހިން ކަނޑުގެ ސަރަހައްދު މިހާރުވެސް މާބޮޑޭ އުދަނގޫވެގެންނޭ މިއުޅެނީ.... ބައްލަވާ! ތިބޭފުޅުންނަށް އަޅުގަނޑުމެންގެ ކަނޑުގެ ސަރަަހައްދާމެދު އުނދަގޫ ވެގެން އުޅޭ ކަމަށް ވަންޏާ ފައިބާ ވަޑައިގަންނަވާ. މިހާރުން މިހާރަށް އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަވާ،" 

ޢަލީ ހުސައިން 

އަލީ ހުސެއިން ވިދާޅުވީ އޭނާއަކީވެސް މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ބޭފުޅެއް ކަމަށާ މި ސަރުކާރު ގެނައީ ފޮތިފޮތި ކޮށްފައި މަސްކަނޑުތަކާއި ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކަން ނޫން ކަމަށެވެ. އަދި މި ސަރުކާރުގެ ގެނައީ ދިވެހި ރާއްޖޭގެ އަބުރާއި އިއްޒަތާއި ޝަރަފާ ކަރާމާތް ވެއްޔާ މޮޑެލާކަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ. މި ސަރުކާރުގެ ފަރާތްތަކަށް މަސްއޫލިއްޔަ އަދާނުކުރެވޭ ކަމަށްވާނަމަ މަގާމުން އެއް ކިބާވުމަށް އަލީ ހުސެއިން ގޮވާލެއްލެވިއެވެ.

ރޭގެ ޖަލްސާއަށް އަލީ ހުސައިން ވަޑައިގެންފައިވާއިރު، އެ ޕަޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ޖަލްސާ އަށް ވަޑައި ނުގެންނެވުމަށް ޕާޓީގެ އެންމެހައި މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.