ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި
ހަބަރު
03 Jun 2023 | 13:53
ގޭބިސީގައި ހިމެނޭ ސާވިސް މީޓަރަކަށް ކުނީގެ ފީ ހިމެނިފައިވާނަމަ އެކަން އަންގައިދީ: ވެމްކޯ

ގޭބިސީގައި ހިމެނޭ ސާވިސް މީޓަރަށް ކުނި އުކާލުމުގެ ފީ ހިމެނިފައިވާނަމަ، ލަސް ނުކޮށް އެކްސްކްލޫޝަން ފޯމް ހުށައެޅުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެދިއްޖެއެވެ.  

ވެމްކޯއިން ބުނެފައިވަނީ މިފެށުނު ޖޫން މަހުގެ ކަރަންޓު ބިލް، މާލޭގެ ގޭބިސީތަކަށް އަންނާނީ ވެމްކޯގެ ބިލާއިވެސް އެކުގައި ކަމަށެވެ.

މާލެ ސަރަހައްދުގެ ގޭބިސީ ތަކަށް ސްޓެލްކޯގެ ބިލާއި ވެމްކޯގެ ބިލް އެކުވެގެން އަންނައިރު ކުނިއުކާލުމުގެ ފީ ބިލް ކުރާނީ އިމާރާތެއްގައި ހިމެނޭ ކަރަންޓު މީޓަރުތަކަށެވެ.

އިމާރާތުގައި ހިމެނޭ މީޓަރުތަކުގެ ތެރެއިން ލިފްޓް އަދި ކޮމަން އޭރިއާ ތަކަށް ޚިދުމަތްދޭ މީޓަރުތަކުން މީޓަރަކަށް ބިލް ކުރެވިފައިވާނަމަ އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އެކަން އަންގައިދިނުމަށް މެވްކޯއިން ވަނީ އެދިފައެވެ. ލިފްޓް އަދި ކޮމަން އޭރިއާތަކަށް ބޭނުންކުރާ ކަރަންޓު މީޓަރުތަކަކީ ސަރވިސް މީޓަރުތަކެވެ.

ވެމްކޯއިން ދެމުންދާ ކުނި އުކާލުމުގެ ޚިދްމަތުގެ ފީ ސްޓެލްކޯގެ ކަރަންޓު ބިލްގައި ހިމަނަން ނިންމައި ދެ ކުންފުނިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މީގެ ކުރިން ވެމްކޯއިން ބުނެފައިވަނީ ސްޓެލްކޯ ބިލުގެ ތެރޭގައި ކުނި ބިލު ހިމަނާއިރު ސްޓެލްކޯގައި ރަޖިސްޓްރީކޮށްފައިވާ 50،000 އަށް ވުރެ ގިނަ ގޭބިސީއަށް ކުނީގެ ބިލް ފޮނުވާނެކަމަށެވެ. މިހާރު ވެމްކޯގައި ރަޖިސްޓްރީކޮށްފައިވަނީ 24،000 ގޭބީސީއެކެވެ.

ވެމްކޯއިން ދޭ ކުނި އުކާލުމުގެ ޚިދުމަތަށް ނެގުމަށް ހަމަޖެހިފައިވަނީ 150 ރުފިޔާގެ ފީއެކެވެ.

ވެމްކޯއިން ދޭ ކުނި އުކާލުމުގެ ޚިދުމަތުގެ ފީ ސްޓެލްކޯގެ ބިލާއި އެއްކޮށްލުމަށް އެކުންފުނިން ނިންމާފައިވަނީ ފީގެ ގޮތުގައި އެކުންފުންޏަށް ލިބެންޖެހޭ ބޮޑު ޢަދަދެއް ނުލިބިވާތީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް