ވީ މުރަލީދަރަން ރާއްޖެއަށް ވަޑައިގަތުމުން މަރުޙަބާ ދަންނަވަނީ/ ފޮޓޯ: ޓްވިޓާ
ހަބަރު
03 Jun 2023 | 14:41
އައްޑޫގެ ބޮޑެތި މަޝްރޫޢުތައް ފެއްޓުމަށް އިންޑިޔާގެ ޓީމެއް އައްޑޫއަށް

އައްޑޫސިޓީ ގެ ބޮޑެތި މަޝްރޫޢުތައް ފައްޓައި ދިނުމާއި، އިފްތިތާޙް ކުރުމަށް އިންޑިޔާގެ ވަފުދެއް އައްޑޫސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އައްޑޫއަށް ވަޑައިގަންނަވާ އިންޑިޔާގެ ވަފުދުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނީ އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް އެންޑް ޕާލިމެންޓަރީ އެފެއާޒްް ގެ ސްޓޭޓް މިނިސްޓަރ ވީ މުރަލީދަރަންއެވެ. 

އައްޑޫސިޓީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ވަފުދުގެ ބޭފުޅުންވަނީ މިއަދު މެންދުރު ރާއްޖެ ވަޑައިގެންފައެެވެ. އިންޑިޔާ ސަރުކާރުގެ ވަފުދަށް މަރުޙަބާ ދަންނަވާފައިވަނީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރްއެވެ.

ރާއްޖެ ވަޑައިގެން ސްޓޭޓް މިނިސްޓަރ ވީ މުރަލީދަރަން ކުރެއްވެވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ޢިއްޒަތްތެރިންނާއި އިންޑިޔާގެ ރައްޔިތުންނާއެކު ރޭވިފައިވާ ރަސްމީ ބައްދަލުވުންތަކަށް އިންތިޒާރުކުރައްވާ ކަމަށެވެ. އަދި އިންޑިޔާ ސަރުކާރުގެ އެހީގައި އައްޑޫގައި ކުރިއަށްދާ ގިނަ މަޝްރޫޢުތަކެއްގެ ބިންގާއެޅުމާއި އިފްތިތާޙުކުރުމަށް އިންތިޒާރުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އިންްޑިޔާގެ ސްޓޭޓް މިނިސްޓަރ އައްޑުއަށް މިކުރައްވާ ޒިޔާރަތުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓުގެ ބިންގާއަޅުއްވައި ދެއްވާނެއެވެ. އަދި އައްްޑޫ ސިޓީގެ ބިންހިއްްކުމުގެ މަޝްރޫޢު ފައްްޓަވައި ދެއްވާނެއެވެ.

މުރަލީދަރަން އައްޑުއަށް މިކުރައްވާ ޒިޔާރަތުގައި އިންޑިޔާގެ ގްރޭންޓް ގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފައްޓަވައިދެއްވާނެއެވެ.

އިންޑިޔާގެ ސްޓޭޓް މިނިސްޓަރގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުކުރުމުގައި ދެޤައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް މިއަދު އައްޑު އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މެއި މަހުގެ 1ވަނަ ދުވަހު އިންޑިޔާގެ ޑިފެންސް މިނިސްޓަރ ރާޖްނާތް ސިންހް ވެސް ވަނީ ރާއްޖެެއަށްް 3 ދުވަހުގެ ޒިޔާރާތެއް ކުރައްވާފައެވެ. ރާޖްނާތް ސިންހް ގެ މިދަތުރުފުޅުގަައި ރާއްޖޭގެ ޑިފެންސްް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހްމަދްް ދީދީ އާއި ބައްދަލުކުރައްވައި ދެޤައުމުގެ ޑިފެންްސް ސެކޔުރިޓީގެ ކަންކަން ވަރުގަދަ ކުރުމާއި މެދު މަޝްވަރާ ކުރައްވާފައިވެއެެވެ.

ކޮމެންޓް
ދޮންމީހާ
ދެން ދިސަރުކާރުން ނުޖެހިއޮތް ދަންމަޅީގަ ޖައްސަން އެއައީ. ތިއިން ދިޔާ ރުޑިންތީ ދިވެހިންނައް މުސްލިމުންނައް ދުވަހަކުވެސް ހެވެ އެދޭނެ ގެރި ތަކެއްނޫން. އިބޫ އެހެރީ ގެރި މޯދީގެ ޖާދުލުގަ ޖެހިފަ.
03 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.