އައްޑޫ ސިޓީ ބިން އިތުރު ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނިޒާރު ވާހަކަދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Jun 2023 | 22:48
އައްޑޫސިޓީގެ މުސްތަގުބަލަށް އުޖާލާކަން ފެންނަން ފެށީ އަދިކިރިޔާ: ނިޒާރު

އައްޑޫސިޓީގެ މުސްތަގުބަލަށް އުޖާލާކަން ފެންނަން ފެށީ އަދިކިރިޔާ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ އައްޑޫ ސިޓީ ބިން އިތުރު ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނިޒާރު ވިދާޅުވީ އައްޑޫސިޓީގެ ބިމަށް 198 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ ކަމަށާއި އައްޑޫގެ އިގްތިސާދު ބިނާ ކުރުމަށްޓަކާ މި ބިންތައް ބޭނުން ކުރާނެ ކަމަށެވެ.

"އުމުރުގެ މިހާހިސާބަށް އައިއިރު އަޅުގަނޑަށް އަދިކިރިޔާ އައްޑޫސިޓީގެ މުސްތަގުބަލަށް އުޖާލާކަން ފެންނަން ފެށީ" ނިޒާރު ވިދާޅުވިިއެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ދަނީވެސް ހިއްކި ބިމުގައިކަން ފާހަގަ ކުރައްވައި ނިޒާރު ވިދާޅުވީ އައްޑޫ ބިން ހިއްކުމަކީ ވެ ނިމިދާ ކަމެއް ކަމަށެވެ.

ހިއްކި ބިން ހެޔޮގޮތުގައި ބޭނުން ކުރުމަށްޓަކައި އަންނަ މަހު މަރަދޫ، މަރަދޫފޭ ގެ ރައްޔިތުންނާ މަޝްވަރާކުރަން ފަށާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އަދި ބިން ހިއްކާ ނިމޭއިރަށް ބިމުގެ ޕްލޭންގެ މަސައްކަތް ފަށާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. އެގޮޮތުން އޮގަސްޓް މަހުގެ ތެރޭގައި ޕްލޭން ކުރަން ފަށާނެ ކަމަށް ނިޒާރު ފާހަގަ ކުރެއްވިއެވެ.

މި އަހަރު ނިމުމުގެ ކުރިން ބިމުގެ ޕްލޭން ނިންމާ، މަރަދުއާއި މަރަދޫގެ ރައްޔިތުންނަށް މި ބިން ބޭނުން ކުރުމަށްޓަކާ ހުށަހަޅަން ޖެހޭ ތަކެތި ހުށަހެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ، ކޮވިޑްގެ ސަބަބުން އައި ދަތި ދެ އަހަރާއެކުވެސް، އައްޑޫގެ ތަރައްގީއަށް ހަ ބިލިއަނަށްވުރެ ގިނަ ރުފިޔާ މި ސަރުކާރުން ހޭދަކޮށްފި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.